Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެނީ

ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެ ފަރުވާދެނީ
ގއ. ކަނޑުހުޅުދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެ ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމުގައި ފުލުހުން ބުނެފި އެވެ. ކަނޑުހުޅުދޫގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައި ވަނީ ރޭގަ އެވެ. މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މައްސަލައިގެ ރިޕޯޓު އެ އިދާރާއަށް ލިބިފައި ވަނީ ރޭ 9:37 ހާއިރު ކަމަށެވެ.
"މި މާރާމާރީގައި އެ ދެ މީހުންނަށް ވެސް އަނިޔާވެފައިވޭ. ދެ މީހުންނަށް ވެސް ގއ. އަތޮޅު ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން،"
އެ މާރާމާރީގައި އަނިޔާވީ 37 އަހަރާއި 40 އަހަރުގެ ދިވެހި ދެ ފިރެހެނުންނަށް ކަމަށް ފުލުހުން ބުނެ އެވެ. މާރާމާރީގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް