ޚަބަރު

ކޮވިޑް-19: ރާއްޖެއިން މިއަދު ފައްސިވީ 121 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް މިއަދު ފައްސިވީ 121 މީހުންނެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 75 ދިވެހިންނާއި 46 ބިދޭސީންނެވެ.

ްިއިއްޔެގެ އިރުއޮއްސި 18:00 އިން މިއަދުގެ އިރުއޮއްސި 18:00 އަށް 121 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 9،173 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 7،326 މީހުންނެވެ. އަދި މިއަދު ފަތިހު ނިޔާވިމީހާއާއެކު މިހާރު މިބަލީގައި ރާއްޖެއިން ނިޔާވެފައިވަނީ 32 މީހުންނެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގައި 1،087 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 113 މީހުންނެވެ.
ރާއްޖޭގައި ކޮވިޑް-19 މިދޭތެރެއަކުން ވަރަށް ގަދަޔަށް ފެތުރެމުން އައި ނަމަވެސް، މިފަހަކަށް އައިސް ބައްޔަށް ފައްސިވާ މީހުން މަދުވެ، ފަސޭހަވާ މީހުން ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ބަލިފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި ރޭގަނޑު 20:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި ރޭގަނޑު 21:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 22:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!