Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހެލްތްގެ ޑީޖީއަކަށް އަޝްރަފް، މުސާރައަށް 70،000ރުފިޔާ

ހެލްތްގެ ޑީޖީއަކަށް އަޝްރަފް، މުސާރައަށް 70،000ރުފިޔާ

ހެލްތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމަށް ޑރ. އަހުމަދު އަޝްރަފް އައްޔަންކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަން ކުރީ މަހަކު 70،000 ރުފިޔާގެ ބޮޑު މުސާރައަކާ އެކުއެވެ.

ޑރ. އަޝްރަފް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މިހައިތަނަށް 14 އަހަރު ހިދުމަތް ކުރައްވައިފައެވެ. ސިވިލް ސާވިސް ކޮމިޝަނުން އޭނާ މި މަގާމަށް އައްޔަން ކުރެެއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

Advertisement
Ooredoo — Square (box)

ޑރ. އަޝްރަފް އިންޓާނަލް މެޑިސިން ހައްދަވައިފައި ވަނީ ޔޫކްރެއިިންގެ ކްރައިމިއާ ސްޓޭޓް މެޑިކަލް ޔުނިވާސިޓީންނެވެ. އެއަށް ފަހު އޭނާ ވަނީ ނޭޕާލުގެ ނޭޝަނަލް އެކަޑެމީ އޮފް މެޑިކަލް ސައިންސްގައި އިންޓާނަލް މެޑިސިންގެ ތަމްރީނު ވެސް ހައްދަވައިފައެވެ.

ރާއްޖޭގައި ޑރ. އަޝްރަފް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ 1996ވަނަ އަހަރުން ފެށިގެން އައިޖީއެމްއެޗްގައެވެ. އޭގެ ފަހުން އިތުރު ހޮސްޕިޓަލުތަކުގައްޔާއި ސިއްހީ ހިދުމަތް ދޭ އެހެން ބައެއް ތަންތަނުގައި ވެސް ޑރ. އަޝްރަފް މަސައްކަތް ކުރެއްވިއެވެ. އަދި ޤައުމީ ޔުނިވާސިޓީގެ މެޑިކަލް ދަރިވަރުންނަށް ކިޔަވައި ވެސް ދެއްވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް