Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގެ ސަރަަހައްދުން އަތުލައިގަތް ބޯޓުގައި 468 ކިލޯގެ މަސްތުވާތަކެތި

ރާއްޖޭގެ ސަރަަހައްދުން އަތުލައިގަތް ބޯޓުގައި 468 ކިލޯގެ މަސްތުވާތަކެތި

ރާއްޖޭގެ ސަރަަހައްދުން އަތުލައިގަތް ލަންކާގެ މަސް ބޯޓުގައި 468 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ އެވެ.

އެކަން ހާމަކުރީ މިހާރު ކުރިއަށްދާ ފުލުހުންގެ ނޫސްވެރިންގެ ބައްދަލުުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލި ޝުޖާއު އެވެ.

ޝުޖާއު ވިދާޅުވީ އެ ބޯޓު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފަހެއްޓީ ރޭ ދަންވަރު 12:45 ކަންހާއިރު ހދ. މަކުނުދޫ ކައިރިން ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ބޯޓުގައި ސްރީލަންކާއަށް ނިސްބަތްވާ ފަސް ފިރިހެނުން ތިބި ކަމައި އަދި މިއަދުގެ ކޯސްޓު ގާޑުގެ ބޭފުޅުންނާއި ކުޅުދުއްފުށި ސިޓީގެ ފުލުހުން ބަލައި ފާސްކުރި އިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް ސީޕީ ވިދާޅުވި އެވެ.

އަދި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު އޭގެ ނަތީޖާތކުން  344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ފެނުނު ކަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

އަދި އަތުލައިގަތް މަސްތުވާތަކެތި އަގު އެއް ބިލިއަން ރުފިޔާއަށް އަރާނެ ކަަމަށް ވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ މިއީ މިވަގުތު މައުލޫމާތު ހިއްސާކުރެވެން ހުރި މައުލޫމާތު ކަމަށާއި އަދި ތަހުގީގުކުރިއައްދާ ވަރަަކުން މައުލޫމާތު އިތުރަށް ހާމަކުރައްވާނެ ކަަމަށެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖެއިން އަތުލައިގަތް އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް