ބަރަހަނާ ހާލުގައި މަގުމަތީގައި އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި، ބަރަހަނާ ހާލުގައި މަގުމަތީގައި އުޅުނު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ބަރަހަނާ ހާލުގައި، ފިރިހެނަކު ހުޅުމާލޭ ރެޑްބުލް ސްކޭޓް ޕާކް ތެރޭގައި އުޅޭ މަންޒަރު ފެންނަ ވީޑިއޯ އެއް ސޯޝަލް މިޑީއާގައި ދައުރުވަމުން އެބަދެ އެވެ.
އެ ވީޑިއޯއާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ވީޑިއޯ އިން ފެންނަ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.