Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކުޑަކުއްޖެއްގެ ގައިގައި ޖެހި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖެއްގެ ގައިގައި ޖެހި މީހަކު ހައްޔަރުކޮށްފި

ކުޑަކުއްޖެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލަގައި ހައްޔަރުކުރީ ގ. ނިޔުމޫން/ އަލީ ޝިފާޒް (40 އަހަރު) އެވެ.

ބަންދު އަމުރުގައިވާ ގޮތުން ޝިފާޒް ފަތިބުރިއަކުން ކުޑަކުއްޖެއްގެ އިތުރުން ބޮޑު މީހެއްގެ ގައިގައި ވެސް ޖެހި އެވެ.

Advertisement
Allied — Dhen Online (box)

އަދި އެ މައްސަލައިގައި ހެކި ބަސް ދޭން ތިބީ ޝިފާޒްގެ އާއިލާގެ މީހުންތަކެއް ކަމަށްވާތީ އޭނާ ދޫކޮށްލައިފިނަމަ ހެކިންނަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އެބަ އޮތެވެެ.

އެހެންވެ ޝިފާޒް 15 ދުވަސް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ. އެ މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުން މިއީ އާއިލީ ހަމނުޖެހުމެއްގެ ތެރެއިން ހިނގި ކަމެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް