Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ބިލިއަނެއްހާ ރުފިޔާގެ ޑްރަގާ އެކު ހައްޔަރުކުރި ލަންކާ 5 މީހުން 30 ދުވަހަށް ބަންދުކޮށްފި

ބިލިއަނެއްހާ ރުފިޔާގެ ޑްރަގާ އެކު ހައްޔަރުކުރި ލަންކާ 5 މީހުން 30 ދުވަހަށް ބަންދުކޮށްފި
ރާއްޖޭގެ ސަރަަހައްދުން 468 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ލަންކާގެ މަސް ބޯޓު "އަށެންޕުތަ" ގެ ފަޅުވެރިންގެ ބަންދަށް 30 ދުވަސް ޖަހައިފި އެވެ. އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، އެ ބޯޓު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ހިފެހެއްޓީ އާދިއްތަ ދުވަހުގެ ރޭ ދަންވަރު 12:45 ކަންހާއިރު ހދ. މަކުނުދޫ ކައިރިން ކަމަށެވެ. ކޯސްޓު ގާޑުގެ އޮފިސަރުންނާއި ކުޅުދުއްފުށި ސިޓީގެ ފުލުހުން އެ ބޯޓު ބަލައި ފާސްކުރި އިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށް އެ ބައްދަލުވުމުގައި ސީޕީ ވިދާޅުވި އެވެ. އަދި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރިއިރު އޭގެ ނަތީޖާތަކުން 344 ކިލޯގެ މެތު އާއި 124.6 ކިލޯގެ ކޮކެއިން ފެނުނު ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. ފުލުހުން މިއަދު ބުނީ، އެ ބޯޓުން ހައްޔަރުކުރީ ސްރީ ލަންކާއަށް ނިސްބަތްވާ 5 މީހުން ކަމަށެވެ. ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފައިވެ އެވެ. އެއީ؛
  • ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21 އަހަރު)
  • މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22 އަހަރު)
  • ޗަމޮދް ދިވަންގާ ދިލަކާވަ (22 އަހަރު)
  • ލޮރެންސު ހޭވާގީ ސަރަތު (56 އަހަރު)
  • ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37 އަހަރު)
އެ މީހުން 30 ދުވަހަށް ބަންދު ކުރުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އިއްޔެ އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކުޅުދުއްފުށި ސިޓީ ޕޮލިސް ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް