Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ސަރުކާރު

ވިސާ އާ ނުލާ 30 ދުވަހުގެ މުއްދަތަށް ތަޖިކިސްތާނަށް ދެވޭ ގޮތް ހަމަޖެހިއްޖެ

ވިސާ އާ ނުލާ 30 ދުވަހުގެ މުއްދަތަށް ތަޖިކިސްތާނަށް ދެވޭ ގޮތް ހަމަޖެހިއްޖެ

ދިވެހިރާއްޖެ އާއި ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

‎‎ނިއުޔޯކްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުހިކްމަތު ޖޮނިބެކް އިސްމޮއިލް އެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމާ އެކު، މިހާރު ވެސް އަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާ އާއި ނުލާ 30 ދުވަހުގެ މުއްދަތަށް ދެ ގައުމުގެ ރައްޔިތުން ދަތުރު ކުރުމަށް އޮންނަ އުސޫލު ރަސްމީވާނެ ކަަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް