Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

އަނިޔާތަކަކާ އެކު މޫދުގައި އޮތް މީހަކު ފެނިއްޖެ

އަނިޔާތަކަކާ އެކު މޫދުގައި އޮތް މީހަކު ފެނިއްޖެ

ދަރުމަވަންތަ ހޮސްޕިޓަލް ކައިރި ބޭރު ތޮށިން މޫދުގައި އަނިޔާތަކަކާ އެކު އޮތް މީހަކު ފެނިއްޖެ އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އަނިޔާތަކަކާ އެކު މޫދުގައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އަނިޔާތަކާ އެކު މޫދުގައި އޮތް މީހަކު އެއްގަމަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ބޭރު ތޮށި ކައިރިން އެމީހާ އެއްގަމަށް އަރުވާ ގޮތަށް އެމްބިއުލާންސްއަށް ލައިގެން ގެންދާ މަންޒަރެވެ. އެ ސަރަހައްދުގައި ގިނަ އަދަދަކަށް ފުލުހުން ހަރަކާތްތެރިވާ މަންޒަރު އެ ވީޑިއޯއިން ފެނެ އެވެ.

Advertisement
Ooredoo — Square (box)

އައިޖީއެމްއެޗާއި ހަވާލާދީ ފުލުހުން ބުނީ، އެ މީހާގެ ބޮލަށް އަނިޔާ ވެފައިވާ ކަމަށެވެ. އަދި އަނިޔާ ލިބިފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް