Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

އަށާރަ އަހަރު ނުފުރޭ ފިރިހެން ކުއްޖަކު 4 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ކ.، އއ، އދ. އަދި ވ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ރަށެއްގައި ކަަމށެވެ.

އެ މައްސަަލަ ރިޕޯޓްކުރީ މި މަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި މީހަކު ހައްުޔަރުކުރި ކަމެއް ވެސް ނުބުނެ އެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސިރީއަސް މައްސަލަތަކަށްވާތީ ކުޑަކުދިންގެ އައިޑެންޓިޓީ ހާމަވެއްޖެނަމަ އޭގެ އަސަރުކުރާނެތީ އެފަދަ މައްސަލަތައް ހިނގާ ރަށާއި އަތޮޅު އޮންނަނީ ސިއްރުކޮށްފަ އެވެ.

މި ފަހުން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި 51 އަހަރުގެ ފިރިހެނަކުވެސް ހައްޔަރުކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް