Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނީ

ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެނީ

ކެފޭއެއްގައި ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެ މާރާމާރީ ހިންގީ މާފަންނު ޝަހީދު އަލީ ގޯޅީގައި ހުރި ކެފޭއެއްގައި ކަމަށެވެ.

އަދި އެ މާރާމާރީ ގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެއީ 44 އަހަރުގެ ފިރިހެނެކެވެ.

Advertisement
HDC — Sidebar (box)

އެ މައްސަލައިގެ އިިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ. އަދި ލިބުނީ ކޮން އަނިޔާއެއް ކަމެއް ވެސް ސާފެއް ނުވެ އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި އަދި މީހަކު ހައްޔަރުނުކުރާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާާރު ދަނީ ތަހުގީގުކުރަމުން ނެވެ.

މި ފަހުން މާލޭގައި ހުންނަ ކެފޭއެއް ކަމަށްވާ "ކެފޭ ޑި މާލެ" އަށް ވެސް ބަޔަކު ވަދެ އެތަނުގެ މުދަލަށް ގެއްލުން ދީފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް