Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހައްޔަރުކުރަން ދިޔައިރު އޮތީ އަލަމާރި ތެރެއަށް ވަދެ ބޮލުގައި ކޮތަޅެއް އަޅައިގެން

ހައްޔަރުކުރަން ދިޔައިރު އޮތީ އަލަމާރި ތެރެއަށް ވަދެ ބޮލުގައި ކޮތަޅެއް އަޅައިގެން

ވައްކަމުގެ މައްސަލައެއް ގައި ކޯޓު އަމުރުގެ ދަށުން މީހަކު ހައްޔަރުކުރަން ފުލުހުން ދިޔުމުން ގޭގެ އަލަމާރިތެރެ އަށް ވަދެ ފިލަންއުޅެފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އާއްމުކޮށްފައިވާ ބަންދު އަމުރުގައި ބުނީ ދަންވަރު ގަޑީގައި ގެއަކަށް ވަދެ އަގުބޮޑު ދެ ފޯނު ވަގަށް ނެގިކަމުގެ ތުހުމަތުގައި ފުލުހުން މީހަކު ހޯދަމުން ދިޔަ ކަމަށެވެ.

ކޯޓުގައި ފުލުހުން ބުނީ ތުހުމަތު ކުރެވޭ ކުޅުދުއްފުށި ސިޓީއަށް ނިސްބަތްވާ 33 އަހަރުގެ އެ މީހާ ހައްޔަރުކުރަން އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ދިޔުމުން ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

<strong>"މިނާ އެވަގުތު ހުރި ގޭގެ އަލަމާރިއެއްގެ ތެރެއަށްވަދެ ބޮލުގައި ކަޅު ކޮތަޅެއް އަޅުވައިގެން ފުލުހުންނަށް ފިލަން މަސައްކަތްކޮށްފައިވޭ"</strong> ކޯޓު އަމުރުގައި ބުންޏެވެ.

ކޯޓުގައި އޭނާ ހުރީ ހަނެވެ. ބުނީ ތަހުގީގަށް ހަނު ބަޔާނެއް ދީފައިވަނީ "އަވަސްކޮށްލާށޭ... ހަނު ބަޔާނެއް ދޭށޭ" އައިއޯ ބުނުމުން ކަމަށެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހާފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް