Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ފައިސާ ނަގާ މައްސަލައެއް ބަލަނީ

އިމިގްރޭޝަން އޮފިސަރުންތަކެއް ބިދޭސީންގެ އަތުން ފައިސާ ނަގާ މައްސަލައެއް ބަލަނީ

އިމިގްރޭޝަން އޮފިސަރުންތަކުން ބިދޭސީންގެ އަތުން ފައިސާ ނަގާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ހޯމް މިިނިސްޓަރު އަލީ އިހުސާން މިރޭ އެކްސްގައި ވިދާޅުވީ އިމިގްރޭޝަންގެ 5 މުވައްޒަފުން ގާނޫނާއި ގާވާއިދުތަކާއި ހިލާފަށް ބިދޭސީންނާ ގުޅުންހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަ ގޮތުގައި ފައިސާ ހޯދަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މައްސަލައެއްގެ މައުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

"މި މައްސަލާގައި މިހާރުވާނީ މި ދެންނެވުނު ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައި. މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައްގުޅިގެން ހާމަކުރަމުންދާނެވާހަކަ ދަންނަވަން." އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑާ، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އޮތީ އަންގަވައިފައި ކަމަށެވެ.

އަދި އެފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެކަންކަމެއް ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން." ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް