Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ފުލުހުން މަޑުކުރަން އެންގުމުން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ފުލުހުން މަޑުކުރަން އެންގުމުން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ސައިކަލެއްގައި ދުއްވާފައި ދިޔަ މީހަކު މަޑުކުރަން ފުލުހުން އެންގުމުން ފިލަން މަސައްކަތް ކުރުމުން ހައްޔަރުކޮށްފި އެވެ.

އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރި މައްސަލާގައި ހައްޔަރުކުރީ މއ. ގާމާދޫގެ، މުހައްމަދު އަޒީމް (33އ) އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އަމުރަށް ނުކިޔަމަންތެރިވެ ފިލަން މަސައްކަތް ކުރުމުގެ ތެރޭގައި އެހެން އުޅަނދެއްގައި ޖެހި އެ އުޅަނދަށް ގެއްލުންވެފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން އިއްޔެއިން ފެށިގެން އަޒީމް ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގަ އެވެ. އޭނާއަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ބަންދުކުރަން ނިންމީ މުޖުތަމައުގެ ރައްކާތެރި ކަމަށްޓަކަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް