Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން އެއްބަސްވި މަޝްރޫއު ފުށި ދިއްގަރުފަޅަށް ބަދަލުކޮށްފި

އުތުރު ތިލަފަޅުގައި ދަނޑުވެރިކަން ކުރަން އެއްބަސްވި މަޝްރޫއު ފުށި ދިއްގަރުފަޅަށް ބަދަލުކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމްއައިޑީ)، އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެއްބަސްވި މަޝްރޫއު ފުށި ދިއްގަރު ފަޅަށް ބަދަލުކޮށްފި އެވެ. އެ މަޝްރޫއު ފުށި ދިއްގަރަށް ބަދަލުކޮށްފައިވާކަން އެސްޓީއޯގެ ޕީއާރު މެނޭޖަރު ޔޫސުފް ޝާހް ވަނީ "ދެން" އަށް ޔަގީންކޮށްދީފަ އެވެ.
"މިހާރު ދިވެހިރާއްޖޭގެ ހުރިހާ ލޮޓިސްޓިކް އޮޕަރޭޝަންގެ މޭޖާ ޑިސްޓްރިބިއުޝަން މިދަނީ މި ސަރަހައްދުން. ޑިމާންޑް އެންޑް ސަޕްލައިއަށް ބަލާއިރު މާލެ ސަރަހައްދުގައި އޮތީ"
ޝާހު ވިދާޅުވީ އެ މަޝްރޫއު ފުށި ދިއްގަރަށް ބަދަލުކުރީ އެންމެ ރަނގަޅަށް ހިންގޭނީ އެ ސަރަހައްދުގައި ކަމަށް ވާތީ އެވެ. އެމްއައިޑީއާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު އެމްއޯޔޫގައި ސޮއިކުރީ މާޗް މަހު އެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައި އޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެ އެވެ. އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެ އެވެ. ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާއިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު އެކަމަށް ފާހަގަކޮއްލެވޭ ކުރިއެރުމެއް އައިސްފައެއްނެތެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ހިއްސާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ 2 އިންސައްތަ އަށްވުރެވެސް މަދު އަދަދެކެވެ. ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއްސަބަބަކީ އުފެއްދުންތެރިކަމާއި، މާކެޓް ނިޒާމުތައް ބަލިކަށި ކަމުންނެވެ. އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ އެފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެއް ކަމަށް ސަރުކާރުން ބުނެ އެވެ. އެ މަސައްކަތް ފެށިފައިވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ. އޭއީޒެޑް އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީ ކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީހީ ގޮތުން ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ. އެ މަޝްރޫއު އުތުރުތިލަފަޅުން ފުށިދިއްގަރުފަޅަށް ބަދަލުކޮށްފައިވާއިރު ޗައިނާއަށް އެތަން ދިނުމާ ގުޅިގެން އިންޑިއާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް