Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެންސްޕާ އޮފީސް ހިންގަން ނެގި އިމާރާތުގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފި

އެންސްޕާ އޮފީސް ހިންގަން ނެގި އިމާރާތުގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފި

ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)ގެ އޮފީސް ހިންގަން އަލަށް ނެގި އިމާރާތުގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފި އެވެ.

އެންސްޕާ އިން ކުއްޔަށް ހިފި އިމާރާތެއްގައި, ދާދި ފަހުން ފެށި މޯލްޑިވްސް މީޑިއާ ހައުސްގެ މޯލްޑިވްސް މީޑިއާ ޓީވީ (އެމްއެމްޓީވީ), ހިންގާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

ސޯޝަލް މީޑިއާގައި އަޑުފެތުރިފައިވާ ގޮތުން އެންސްޕާ ހިންގަން މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށް ނެގީ ހަތަރު ފްލޯ އެވެ. ނަމަވެސް އޭގެން ދެ ފްލޯގައި ހިންގަނީ އެމްއެމްޓީވީ އެވެ.

Advertisement
HDC — Sidebar (box)

އަދި އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅި ނަމަވެސް އެ މައްސަލަ ވަނީ ބޭރުވެސްކޮށްލައިފަ އެވެ.

އެންސްޕާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެންސްޕާ ހިންގަން އާ އިމާރާތެއް ކުއްޔަށް ހިފަން ބީލަމަށް ހުޅުލާއި އެވޯޑްކުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އުސޫލާ އެއްގޮތަށް ކަމަށާއި އަދި މޯލްޑިވްސް މީޑިއާ ހައުސްއިން އެތަން ކުއްޔަށް ހިފުމުގެ މަސައްކޮށްފައިވާ ކަމަށެވެ.

ނަމަވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައި އަގުވައްޓާާލުމުގެ ސަބަބުން އެމްއެމްއެޗަށް މާއްދީ ގޮތުން ފޫނުބެއްދޭ ގެއްލުންތަކެއް ވެފައިވާތީ އެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެ އެވެ.

އެހެންވެ އެ އެއްބަސްވުން ނިމުމަކަށް ގެންނަން މާލީ ވުޒާރާއާއެކު ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންސްޕާއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް