Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވައިނުސާފު، މާސްކް އަޅާ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

ވައިނުސާފު، މާސްކް އަޅާ ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

މޫސުން ބަދަލުވާ ދުވަސްވަރާ ދިމާކޮށް ރާއްޖޭގެ ސަރަހައްދުތަކަށް މި ދުވަސްވަރު ވައިނުސާފުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

ގައުމީ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން "ދެން" އަށް ބުނީ، އާންމުކޮށް ވައި ނުސާފުވަމުން ދަނީ އިރުވައި މޫސުމާއި ދިމާކޮށް ކަމަށެވެ. ޑިސެމްބަރު މަހާއި މާޗް މާހާއި ދޭތެރޭގައި އާންމު ގޮތެއްގައި ވައިގެ ކޮލިޓީ ދަށްވާ ކަމަށް އެ އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ، ވައިގެ ކޮލިޓީ ދަށްވާ ދުވަސް ދުވަހު ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކަށް އުނދަގޫވެ، ނޭވާލާ ނިޒާމަށް ގެއްލުންވާ މިންވަރަށް ވައިގެ ކޮލިޓީ ދަށްވަމުންދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ވަނީ، ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. ފުއްޕާމޭގެ ބަލިތަކާ ހިތުގެ ބަލިތަކާއި އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

https://twitter.com/HPA_MV/status/1863805381157564884

ބޭރަށް ނުކުންނަންޖެހޭ ހާލަތްތަކުގައި ރައްކާތެރިވުމުގެ ގޮތުން މާސްކް އެޅުމަށާއި، ތުއްތު ކުދިން ބޭރަށް ނުނެރުމަށާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް ވެސް އެޗްޕީއޭއިން އިލްތިމާސްކުރި އެވެ.

ވަނީ ވައިނުސާފުވާ ވަގުތުތަކުގައި ބޭރުގައި ކުޅިވަރު ކުރުމާއި ކަސްރަތު ކުރުން ވެސް މަޑުޖައްސާލުމަށް އެދިފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް