ހުޅުމާލެ ވޯޓާ ތީމް ޕާކުގެ މަޝްރޫއު ފަށަން އީއައިއޭ ހަދަން ފަށަައިފި
ހުޅުމާލޭގެ އިރުމަތީ ފަރާތުގައި ތަރައްގީކުރާ ވޯޓާ ތީމް ޕާކުގެ މަޝްރޫއު ފަށަން އީއައިއޭ ހަދަން ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރަކު ވަނީ ހުޅުމާލޭގައި ވޯޓާ ތީމް ޕާކު އަޅަން ބިން ދީފައި އޮންނަތާ ވަރަށް ދުވަސްވެ އެ މަޝްރޫއު ހުއްޓިފައިވާ އިރު ހައްލެއް އެބައޮތްތޯ ސުވާލުކުރައްވައިފަ އެވެ.
އެ ސުވާލަަށް ޖަވާބު ދެއްވައި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ ވޯޓާޕާކުގެ މައްސަލައަކީ ޒަމާންވީ މައްސަލައެއް ކަމަށާއިި އެކަން އޮތީ އަދިވެސް ނުކުރެވި ކަމަށެވެ.
އެހެންވެ ވޯޓާ ތީމު ޕާކަކާއި ކުޑަކުދިން ކުޅޭނެ ގޯކާޓްއާ އެހެނިހެން ވަސީލަތްތަކާއެކު ސަރަހައްދެއްވެސް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީ ވިދާޅުވި އެވެ.
އަދި އެކަމަށްޓަކައި ލަންކާގެ ބަޔަކާއެކު އެމްއޯޔޫއެއްގައި ސޮއިކޮށް ޑިޒައިންގެ މަސައްކަތްތަކެއްވެސް މިހާރު ކުރިއަށް ގެންދަމުންދާ ކަމަށް ފަޒުލް ވިދާޅުވި އެވެ.
އަދި އެ މަސައްކަތަށް ފެށުމަށް ބައެއް ސަރަަހައްދުތަކުގެ އީއައިއޭ ހަދަމުންދާކަންވެސް ހާމަކުރެއްވި އެވެ.
"އީއައިއޭ އަޅުގަނޑުމެންނަށް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ރެސްޓް އޮފް ދަ އޭރިއާ އަޅުގަނޑުމެން އަމިއްލައަށް ނަގާލައިގެން ސޭންޑް އެތަނަށް ޑަންޕްކޮށްގެން އެތައް ހިއްކައިގެން އަޅުގަނޑުމެން އެތަން އިތުރަށް ރީޑިވޮލޮޕްކުރާނީ" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަމާޒަކީ އެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށައިގަނެ ވީހާވެސް އަވަހަކަށް އެތަނަކީ ނާމާން ތަނެއްގައި އޮތް އޮތުން ނިމުމަކަށް ގެނެސް އެޑްވެންޗާ ޕާކެއްގެ ގޮތުގައި ތަަރައްގީކުރުން ކަމަށެވެ.