Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލަކްޝަދީޕަށް ވުރެ ރާއްޖެ ރަނގަޅު

ލަކްޝަދީޕަށް ވުރެ ރާއްޖެ ރަނގަޅު
އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް އުޅެނީ އަތްފޯރާ ފަށަށްވުރެ މަތީގައި ކަމަށާއި ޗުއްޓީ ހޭދަކުރަން ލަކްޝަދީޕް އަށް ދިޔުމަށް ވުރެ ރާއްޖެ، އަގުހެޔޮވެފައި ރަނގަޅު ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ(ރާޖްޔަ ސަބާ) މެންބަރު ރާގަވް ޗައްޑާ ވިދާޅުވެއްޖެ އެވެ. ރާޖްޔަ ސަބާ އަށް ހުށަހެޅިފައިވާ 'ބާރަތިޔާ ވަޔޫޔަން ވިދެޔަކް' ބިލަށް ބަހުސްކުރައްވަމުން އާމު އާދްމީ ޕާޓީ (އޭއޭޕީ) އަށް ނިސްބަތްވެ ވަޑައިގަންނަވާ ރާގަވް ވިދާޅުވީ އިންޑިއާގެ އެތެރޭގެ ކަނެކްޓިވިޓީ އަދިވެސް ވަރަށް ދަށް ކަމަށެވެ. ގިނަ ސަރަހައްދުތަކަށް ޑައިރެކްޓް ފްލައިޓްތައް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށް ރާގާވް ވިދާޅުވީ ބޭނުންވާ މަންޒިލަށް ދާން ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށެވެ. "އަދިވެސް ޖެހެނީ ފްލައިޓްތަކުގައި ދަތުރުކޮށް، އެއަށް ފަހު ބަހެއް ނުވަތަ ކާރެއްގައި ދަތުރުކުރަން، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ގިނައިރު ނަގާ" އޭނާ ވިދާޅުވި އެވެ. ދާދި ފަހުން އަނބިކަނބަލުން އަދި ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވި ރާގަވް ވިދާޅުވެ ދެއްވީ ވެރިރަށް ދިއްލީއިން ލަކްޝަދީޕް އަށް އަދި ދިއްލީއިން ރާއްޖެއަށް ފްލައިޓް ޓިކެޓްތަކުގެ ހުރި ބޮޑު ފަރަގެވެ.
"ދިއްލީން ރާއްޖެ އަށް މިއަދުގެ ފްލައިޓްގެ އަގުތައް އުޅެނީ 17،000 ރުޕީސް (200 ޑޮލަރު) ނަމަވެސް ދިއްލީއިން ލަކްޝަދީބަށް ދާން ޖެހިއްޖެ ނަމަ ދައްކަން އެބަ ޖެހޭ 25،000 ރުޕީސް (295 އެމެރިކާ ޑޮލަރު) ކަމަށެވެ. ދެން ތިބޭފުޅުން ވިދާޅުވެ ދެއްވާ ލަކްޝަދީޕަށް ތޯ ނޫނީ ރާއްޖެއަށްތޯ ދާންވީ،" ޗައްޑާ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީޕް އަށް ވަޑައިގެން އެތަނުގެ ގޮނޑުދޮށުގައި ހުންނަވާ ނެންގެވި ފޮޓޯ ޕޯސްޓަކަށް ހަޖޫ ޖަހާ އެމަނިކުފާނަށް ކުޑައިމީސްވާ ގޮތަށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު 'އެކްސް' ގައި ވާހަކަދެއްކުމުން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. https://twitter.com/JagranEnglish/status/1864272729328742889 އެއާއެކު ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައި، ލަކްޝަދީޕް އަށް ޒިޔާރަތްކުރަން ބާރުއަޅައި ވަރުގަދަ ކެމްޕޭނެއް ސޯޝަލް މިޑިއާގައި އިންޑިއާއިން ކުރިއަށް ގެންދިޔަ އެވެ.
 
View this post on Instagram
 

A post shared by @parineetichopra

ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާ އެކު ދެ ގައުމުގެ ގުޅުން އަލުން ވަނީ ބަދަހިވެފަ އެވެ. ރާއްޖެ ބޮއިކޮޓްކުރަން ގޮވާލީ އިންޑިއާގެ ތަރިން އަންނަން ފަށާފައިވެ އެވެ. އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ޕްރޮމޯޓްކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް