Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކެފޭތަކެއް ރެއިޑްކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ކެފޭތަކެއް ރެއިޑްކޮށް 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ކެފޭތަކަކާއި ރެސްޓޯރެންޓްތަކެއް ރެއިޑްކޮށް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން މިރޭ އެކްސްގައި ބުނީ އެ އިދާރާގެ ޓާސްކުފޯހުން އިއްޔެ ހަވީރު މާލޭގައި ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި، ކެފޭ އާއި ރެސްޓޯރަންޓު ހިންގާ 10 ތަނެއް ބަލައި ފާސްކުރި ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 7 ބިދޭސީން  އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Ooredoo — Square (box)

އޮޕަރޭޝަން ތަކުގައި 1،300 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރިއިރު، ޖުމްލަ 5،012 ބިދޭސީން ފުރުވާލާފައިވާ ކަމަށް އިމިގްރޭޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ރާއްޖެއިން ފުރުވާލި ބިދޭސީންގެ ތެރޭގައި ސައްހަ ވިސާ ނެތި އުޅެމުންދިޔަ މީހުންނާއި އެކި ކުށްތަކަށް އަރައިގަންނަމުން ދިޔަ ބިދޭސީން ހިމެނެ އެވެ.

އޭގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމުގެ އިތުރުން ހަށިވިއްކުމުގެ ވިޔަފާރީގައި އުޅުނު ބިދޭސީންވެސް ހިމެނެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް