ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ގއ. ދާންދޫ މަގުމަތީގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނީ ދާންދޫ، ނަގަހެލަ، އަހުމަދު އަބްދުﷲ (33އ) އެވެ.
މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް އަހުމަދު ވެއްޓިފައި އޮއްވާ ފެނުނީ ހެނދުނު 8:10 ހާއިރު ކަމަށެވެ.
<iframe style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmohamed.asif.5477%2Fposts%2Fpfbid02v33hJ8W8XgCMiD8nhQQyfWKdf71Hue9z9AaSFYmkxQBFF4sWjMWkGhqpVmyTTJPFl&show_text=true&width=500" width="500" height="666" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe>
"ވެއްޓިފައި އޮތް މީހާ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރު މައުލޫމާތުދޭ" ފުލުހުން ބުންޏެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުން ދަނީ މަރުވެފައި އޮއްވާ މީހާ ފެނުނު ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.







ކޮމެންޓް