މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަންކުރަން މަޖިލީހަށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަންކުރަން ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީއަށް ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން އިދާރީ މޭޒުން ވަނީ އެ މައްސަލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު ތަޅުމަށް އިއްވާފަ އެވެ.
އެ ސިޓީފުޅުގައި ވަނީ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް އާންމުކޮށްގެން ހުޅުވާލައިގެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ނަންތައް ފޮނުވާފައިވާ ތަރުތީބުން އިސްކަންދެއްވައިގެން އެ މައްސަލަ ދިރާސާކޮށްދިނުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.
- ދަހާ ޝުއައިބު, ހ. ކެރީބިއަން
- އަހުމަދު ފާއިޒް މުހައްމަދު, އަޝްރަފީހިޔާ, ލ. މާވަށް
- އަބްދުالله އިމްރާން, މާލަން, ރ. ހުޅުދުއްފާރު
- މަހްޒޫމް ސަލީމް, ޝަބްނަމްގެ, ކ. ކާށިދޫ
- އާމިނަތު އާފިއާ, ދަފްތަރު ނަންބަރު, ރސ 1462
އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ދިރާސާ ކުރެއްވުމަށްފަހު ނިންމަވާ ގޮތެއް އަންގަވައިދެއްވުމަށް ރައީސްގެ ސިޓީފުޅުގައި އެދިވަޑައިގެންނެވި އެވެ.