ޚަބަރު

ގުރޫޕު ހަދައިގެން ކަސްރަތު ކުރަން ދިޔުން އަދިވެސް ހުއްދައެއް ނޫން: ޑރ.ނަޒްލާ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މާލެ ސަރަހައްދުގައި ގުރޫޕު ހަދާފައި ކަސްރަތު ކުރަން ދިއުން ހުއްދަކޮށްފައި ނުވާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ގުރޫޕު ހަދައިގެން ކަސްރަތު ކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި ފަސް ވުރެ ގިނަ މީހުން އެއްވެގެން ކަސްރަތު ޕްރޮގްރާމްތައް ނުވަތަ މޫދުގައި ވެސް ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ނަޒްލާ ވަނީ ކަސްރަތު ކުރުމަށް ހުއްދަ ދީފައިވީ ކަމުގައިވިޔަސް ދަނޑުތަކުގައި ކުޅުމުގެ ހުއްދަ ދީފައި ނުވާ ސަބަބަށްވެސް އަލި އަޅުވާލާފައެވެ. އެގޮތުން ނަޒްލާ ވިދާޅުވީ ކުޅިވަރު ކުޅުމުގައި ކަސްރަތު ކުރުމަށްވުރެ ފިޒިކަލް ކޮންޓެކްޓް ވާ މިންވަރު ގިނަ ކަމަށާއި އެއީ ބަލި ޖެހުމަށް އިތުރަށް މަގުފަހި ކުރުވާ ކަމެއް ކަމަށެވެ.

"ބާރަށް ދުވެ މިކަހަލަ ކަންތައްތައް ކުރާއިރުގަ ،އާންމުކޮށް މިހެން ކުރިމަތީގަ ހުރެގެން ވާހަކަ ދައްކާއިރުގަ މާބާރަށް ނޭވާލާއިރުގަ އޭގެ ސަބަބުން ހަމަ ބޮޑަށް ވައިރަސް ހަށިގަނޑުގައި ހުރި ކަމަށްވަންޏާ އެވައިރަސް ބޭރަށް ނުކުތުމުގެ ފުރުސަތު އޮންނާނެ. އެހެންވީމަ ވަރަށް ވަރަށް ހައިރިސްކް ކަމަކަށް ވާތީ އެކަންތައްތައް މިވަގުތު ހުއްދަ ދިނުމަށް އަޅުގަނޑުމެންގެ ހެލްތު ޓީމަކަށް ނުފެނޭ އިނގޭތޯ. މިހާރު ބަލި ފެތުރިފައިވާ ހާލަތަށް ބަލާއިރު." ޑރ. ނަޒްލާ ވިދާޅުވިއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވެސް ރާއްޖެއިން ވަނީ 70 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!