Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަނީ

ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަނީ

ކުރިއަށް އޮތް ރޯދަމަހާ ދިމާކޮށް މާލޭގައި ބަންގި ގޮވުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެއީ 15 އަހަރާއި 20 އަހަރާ ދެމެދުގެ ކުދިންނަށް ބައްވާ މުބާރާތެއް ކަމަށެވެ.

"ނޫރުލް އަޒާން 1446" ގެ ނަމުގައި ބާއްވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.

Advertisement
HDC — Sidebar (box)

އަދި <a href="https://forms.gle/mBPLZ1PjykNjoxeV6">ގޫގަލް ފޯމް</a> މެދުވެރިކޮށް އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މުބާރާތް ކުރިއަށް ދާނީ ބައިވެރިން ހާޒިރުވެގެން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ މުބާރާތުގެ އޮޑިޝަން ޖެނުއަރީ މަހު ބާއްވާނެ ކަމަށެވެ. އަދި މުބާރާތް އޮންނާނީ ރޯދަމަހު ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް މާލޭ ސިޓީ ކައުންސިލުން ވަނީ ގުރުއާނާއި މަދަހަ ކިޔުމުގެ މުބާރާތެއް ވެސް ބާއްވަން ނިންމައިފަ އެވެ. އިވެރިވުމުގެ ފުުރުސަތު އަލުން ހުޅުވާލާފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް