Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ގްރީން ބިލްޑިންގައި ރޯވި އަލިފާން ކޮންޓްރޯލެއް ނުވޭ، ގެތަކުން މީހުން ނެރެ ހުސްކޮށްފި

ގްރީން ބިލްޑިންގައި ރޯވި އަލިފާން ކޮންޓްރޯލެއް ނުވޭ، ގެތަކުން މީހުން ނެރެ ހުސްކޮށްފި
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ އާއި ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ހުންނަ މ. ގްރީން ބިލްޑިންގައި ރޯވި އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށާއި އެ ސަރަހައްދުގައި ހުރި ގެތަކުން މީހުން ނެރެ ހުސްކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. މައުލޫމާތު ލިބޭ ގޮތުން ގްރީން ބިލްޑިންގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 7:30 ހާއިރު އެވެ. ގްރީން ބިލްޑިންގައި ހިންގަމުން އަންނަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިޔު ސާވިސަސްއިން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ގްރީން ބިލްޑިންގައި ރޯވި އަލިފާން ފެތުރުމުގެ ކުރިން އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަފައިޓަރުން ކުރަމުންދާއިރު، ވީއައިއޭގެ ފަޔާފައިޓަރުން ވެސް ދަނީ އެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ.
"ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާއިރު، އަލިފާން ރޯވެފައިވާ އިމާރާތާ ކައިރި ހިސާބުތަކުގައި މީހުން ދިރިއުޅޭ ގެތަކުން މީހުން މިހާރު ވަނީ ހުސްކުރެވިފަ،" އެމްއެންޑީއެފުން ބުންޏެވެ.
[caption id="attachment_258010" align="alignnone" width="690"] ގްރީން ބިލްޑިންގައި ރޯވި އަލިފާން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފްގެ ފަޔަފައިޓަރުން ހަރަކާތްތެރިވަނީ / ފޮޓޯ:އެމްއެންޑީއެފް[/caption] ގްރީން ބިލްޑިން ހުރި ސަރަހައްދުގައި ހުރި ގެތަކުން މީހުން ހުސްކޮށްފައިވާއިރު، އެ ސަރަހައްދުގައި ހުރި ބައެއް އޮފީސް އިމާރާތްތަކުން ވެސް މުވައްޒަފުން ވަނީ ނެރެފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އަރިހުގައި ކެބިނެޓުގެ ބައެއް މިނިސްޓަރުން ވެސް ވަޑައިގެންނެވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް