Wednesday, 11 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކެފޭއަކަށް ވަދެ ގެއްލުން ދިން މައްސަލައެއް ބަލަނީ

ކެފޭއަކަށް ވަދެ ގެއްލުން ދިން މައްސަލައެއް ބަލަނީ

ކެފޭއަކަށް ބަޔަކު ވަދެ ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ ޓްވިޓާ އެކައުންޓު ޓެގްކޮށް ސޯޝަލް މީޑިއާގައި އާންމުކުރި ވީީޑިއޯއެއްގައި ކެފޭއެއްގެ ތެރޭގައި ޒީނަތްތެރިކުރަން އެލުވާފައި ހުރި އެއްޗެއް މީހަކު ގޮސް ނައްޓާ މަންޒަރު ފެނެ އެވެ.

އަދި އޭނާއައެކު އެހެން މީހަކުވެސް އުޅޭއިރު މީ ރާއްޖެ ކަމަށާއި އެގޮތަށް އަމަލުކުރެވޭނެ ކަމަށް ބުނާ މަންޒަރުވެސް ފެނެ އެވެ.

Advertisement
Allied Insurance — Square (box)

އަދި އެ މަންޒަރު ވީޑިއޯކުރާތީ ވީޑިއޯ ޑިލީޓްކުރުމަށް ވެސް ބުނާ އަޑު އިވެ އެވެ.

https://twitter.com/Riyacco2/status/1867175110815457504

އެކަމާ ގުޅިގެން ފުލުހުންގެ ސާވިސް ޑިރެކްޓްރޭޓް އަހުމަދު ޝިފާން ވިދާޅުވީ އެ މައްސަލަ ބަލަން ފަށައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުުރު ތަފްސީލު ލިބޭގޮތް ވަނީ ނުވެފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.