Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެފްއެސްއެމްގެ އެމްޑީއަކަށް އާޝަން

އެފްއެސްއެމްގެ އެމްޑީއަކަށް އާޝަން

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު ކަމަށް ފާތިމަތު އާޝަން އައްޔަންކުރައްވައިފި އެވެ.

އާޝަންއަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏަކަށް ފުރަތަމަ ފަހަރަށް އައްޔަންކުރި އަންހެން އެމްޑީ އެވެ.

އާޝަން، އެސްޓީއޯގައި މަސައްކަތް ކުރަން ފެއްޓެވީ 1994 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާ ވަނީ އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓާއި ރީޖަނަލް ސޭލްސް ޑިޕާޓްމެންޓުގެ ވެރިޔާގެ މަގާމު އަދާކޮށްފަ އެވެ. އަދި ކޮމްޕެނީ ސެކްރެޓަރީގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

އޭގެ އިތުރުން އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމާއި މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ވެސް ވަނީ އަދާކުރައްވާފަ އެވެ.

https://twitter.com/stoplc/status/1868226758732091581

އާޝަން ވަނީ 1993 އިން 1994 އަށް އޮސްޓްރޭލިޔާގެ ހޯބާޓް އިންސްޓިޓިއުޓް އޮފް ޓެކްނިކަލް އެންޑް ފާދާ އެޑިޔުކޭޝަންގައި ބިޒްނަސް (އިންފޮމޭޝަން ޓެކްނޯލޮޖީ) އިން ޑިޕްލޯމާ ކޯސް ފުރިހަމަކުރައްވާފަ އެވެ. އެ އިންސްޓިޓިއުޓްގެ އެންމެ މޮޅު ގްރެޖްއޭޓަކަށް އޭނާ ހޮވިފައިވެ އެވެ.

އަދި މެލޭޝިޔާގެ ކޭޑީޔޫ ކޮލެޖުގައި ޖުލައި 2002 އިން އޮގަސްޓު 2003 އަށް ކުރިއަށް ގެންދިޔަ މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހުން 1 ވަނަ ހޯއްދެވި އެވެ.

އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އާޝަން އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ސުހައިލް އިސްތިއުފާ ދެއްވުމުންނެވެ. މިދިޔަ އަހަރު ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު އެ މަގާމަށް އައްޔަންކުރެއްވި ސުހައިލް މަގާމުން އިސްތިއުފާދެއްވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް