Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މަސްތުވާތަކެތި ޓްރެފިކްކުރި އަންހެނަކަށް 12 އަހަރުގެ ޖަލު ހުކުމެއް

މަސްތުވާތަކެތި ޓްރެފިކްކުރި އަންހެނަކަށް 12 އަހަރުގެ ޖަލު ހުކުމެއް

މަސްތުވާތަކެތި ޓްރެފިކްކުރި އަންހެނަކު 12 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި އެ ހުކުމް އިއްވީ ގދ. މަޑަވެލީ އުދަރެސްގޭ ސަހާ ވަހީދުގެ މައްޗަށެވެ.

ސަހާގެ މައްޗަށް ކޮށްފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ.

Advertisement
HDC — Sidebar (box)

މިދިޔަ އޮގަސްޓު މަހު މާލެއިން ސ. ގަމަށް ދަތުރުކުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޗެކުކުރި އިރު ޖިންސާއި އުނަގަނޑާ ދެމެދު ހަރު އެއްޗެއް އޮވެގެން އެތަކެތި ނެގުމަށް އެންގުމުން އޭނާ ނެގި ރަބަރު ޕެކެޓްތަކުގައި 202 ގްރާމް ހުރި ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

އެ މައްސަލަގައި ސަހާއާއެކު އިއުތިރާފްގެ އެއްބަސްވުމެއްގައި ދައުލަތުން ހެދި ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

އެ މައްސަލައިގައި ސުހާގެ މައްޗަށް އިއްވީ 12 އަހަރާއި ހަ މަސް ދުވަހުގެ ޖަލުގެ ހުކުމް އެކެވެ. އަދި އޭނާ 50،000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

އަދި ތަހުގީގު މަރުހަލާއިން ފެށިގެން ހުކުމް ކުރުމާ ހަމައަށް ޖަލުގައި ހުރި މުއްދަތު ޖަލު އަދަބުން އުނިކުރަން ވެސ ވަނީީ ހުކުމްކޮށްފަ އެވެ. އެއީ ހަތަރު މަހާއި ތިން ދުވަހުގެ މުއްދަތެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް