Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި
ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)ގެ މެމްބަރުަކަމަށް ކުރިމަތިލުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ. އޭސީސީގެ ދެ މެމްބަރުންގެ މަގާމު މިދިޔަ މަހު ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ. ސަަލާމާއި ތޯހާ އިސްތިއުފާ ދެއްވީ އެ ދެ ބޭފުޅުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި އޮއްވަ އެވެ. އޭގެ ފަހުން އެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ އަށް ވަނަ ދުވަހުވެސް ހުޅުވާލި އެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރީގެ އިއުލާން ބާތިލުކޮށްފައިވާ ކަމަށެެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު ނިޔަލަށް އަލުން ހުޅުވާލައިފައިވާ ކަމަށް ބުނެފައިވެ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުތަކުގެ ތެރޭގައި އުމުރުން 25 އަހަރު ފުރިފައިވާ ދިިވެއްސަކަށްވުމާއެކު އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

އޭގެ އިތުރުން  މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ވެސް ޝަރުުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް