Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީއެސްއެމްގެ އެމްޑީކަމުން ސައީދު އިސްތިއުފާ ދެއްވައިފި

ޕީއެސްއެމްގެ އެމްޑީކަމުން ސައީދު އިސްތިއުފާ ދެއްވައިފި

ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުކަމުން މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފި އެވެ.

ސައީދު އިސްތިއުފާދެއްވީ މިއަދުކަން "ދެން" އަަށް ވަނީ ޔަގީންވެފަ އެވެ. އިސްތިއުފާ ދެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ މަގާމުވެސް ފުރުއްވި ސައީދު ޕީއެސްއެމްގެ އެމްޑީއަކަަށް ހަމަޖެއްސީ އޮގަސްޓު މަހު އެ ކުރީގެ އެމްޑީ ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުންނެވެ.

Advertisement
HDC — Sidebar (box)

މި ސަރުކާރުގެ ވެރިކަމުގައި އައްޔަނުކުރި ފުރަތަމަ ޕީއެސްއެމްގެ އެމްޑީ، ޒީނާ އިސްތިއުފާ ދެއްވި ސަބަބު މިހާތަނަށް ވެސް ސާފެއް ނުވެއެވެ.

ފަަހަކަށް އައިސް ޕީއެސްއެމް އޮތީ ބޮޑެތި މައްސަލަތަކެއްގެ ތެރޭގަ އެވެ.

އެގޮތުން ޕީއެސްއެމުން ބޭއަދަބީ މަންޒަރުތަކެއް ދައްކާފައިވާ މައްސަލައެއް ބަލަމުން އަންނައިރު ލައިވްކުރި ޖަލްސާއެއްގައި ގުރުއާނުގެ ބައެއް އުނިކޮށް ދެއްކިފައިވާތީ އެ ކުންފުނިން ވަނީ އަންގާރަ ދުވަހު މާފަށް އެދިފަ އެވެ.

ގުރުއާނުގެ އާޔަތުގެ މައްސަލައިގައި ޕީއެސްްއެމްގެ އެމްޑީގެ އިސްތިއުފާއަށް ވެސް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރަކު ގޮވާލައިފައި ވެއެވެ.

ޕީއެސްއެމް ޑޮލަރު ގަތުމަށް ނެގި ފައިސާ އާއި އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވާ ފައިސާއާގުޅޭ މައްސަލައެއް އޭސީސީން މިދިޔަ ޖުލައި މަހު އޮތީ ބަލަން ފަށައިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް