Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ގެއްލުނު މީހާ ނުފެނޭ

104 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ގެއްލުނު މީހާ ނުފެނޭ

އައްޑޫން މާލެ ފުރައިގެން ދަތުރު ކުރި ދޯންޏަކުން ރޭ ގެއްލުނު ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އައްޑޫ ސިޓީން ފުރައިގެން މާލެ ދަތުރުކުރި ސީމެކްސް ބޯޓުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ފަޅުވެރިއެއް ކަމަށްވާ ރާޖް ކުމާރު އެވެ.

އެ ހާދިސާއާ ގުޅިގެން ފުވައްމުލަކުގެ އިރުއުތުރުން ކަނޑުގެ ސަރަހައްދުން 104 ނޯޓިކަލް މޭލުގެ ސަރަހައްދެއް، ސަދަން އޭރިއާ ސްކޮޑްރަން ގެ އުޅަނދުތަކުން ހިންގި ސާޗް އޮޕަރޭޝަން ގައި ބެލިއިރުވެސް ފަޅުވެރިޔާ ނުފެންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ބުނެފައިވާ ގޮތުގައި އެ ބޯޓު އައްޑޫ ސިޓީން ރޭ 11:30 ހާއިރު ފުރިއިރު ރާޖް ކުމާރު ބޯޓުގައި ހުރި ކަމަށެވެ. އަދި ރޭ 1:15 ހާއިރު ކެޕްޓަނާ ވާހަކަ ދެއްކިކަން މިހާތަނަށް ލިބިފައިވާ މައުލޫމާތުން އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ފުލުހުން ކުރިން ބުނީ، ރާޖް ކުމާރު ބޯޓުގައި ނެތްކަން އެނގިފައިވަނީ އައްޑޫއާ ފުވައްމުލަކު ސިޓީއާ ދެމެދު ކަނޑުމަތިން ކަމަށެވެ.

އަދި އޭރު ބޯޓު އޮތީ ފުވައްމުލަކު ސިޓީއާ 8 މޭލަށް ކައިރިވެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް