މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި
މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނމީ ހ. ފޯސީޒަން, އަހްމަދު އާހިލް މުނާޒް (18އ) އަދި ގދ. ތިނަދޫ, ގުލްބަކާގެ, އަބްދުالله އިސްރާގް (18 އ) އެވެ.
އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުުރުމުން ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދުކުރަން
ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އެ ދެ މީހުން ވެސް ބަންދުގައި ބަހައްޓަން ޖެހޭ ހާލަތެއް ކަމަށް ބުނެފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނަށް ރިއާޔަތްކޮށް, މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަަކައި ކަމަށެވެ.
އެ މީހުން ހިންގި މާރާމާރީއާ ގުޅޭ ގޮތުން އަމުރުގައި ބުނެފައިވަނީ ސީސީޓީވީ ފުޓޭޖް ހުށަހަޅާފައިވާ ކަމަށާއި އެތަނުން އެކަކު ލަކުޑި ފަތިބުރިއެއް އެއްލާލާ މަންޒަރު ފުޓޭޖުން ފެންނަ ކަމަށެވެ.
އެއީ ގްރޫޕް ހަދައިގެން ހިންގާފައިވާ ނުރައްކާތެރި އަމަލެއްކަން ފާހަގަކޮށް އައިއޯ ބުނެފައިވަނީ މީގެ ކުރީގެ މައްސަލައެއްގެ ބަންދުން ދޫކޮށްލި ޝަރުތާ ހިލާފްވެފައިވާ ކަމަށެވެ.
އައިއޯއާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ އަނިޔާ ލިބުނު ފަރާތްތަކަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދައްކާ އަނިޔާކޮށްފައިވާ ކަމަށެވެ.
އިސްރާގްގެ ދިފާއީ ވަކީލު އެދިފައިވަނީ ތުހުމަތުކުރެވޭ ފަރާތް ދިރިއުޅޭ ތަނުގެ ސީސީޓީވީ ފުޓޭޖް ބަލައިދިނުމަށެވެ.
އަމުރުގައި އިތުރަށް ބުނެފައިވަނީ އެ ދެ މީހުންނަކީވެސް ކުށުގެ ރެކޯޑް އޮންނަ މީހުން ކަމަށެވެ.