Tuesday, 3 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގޯތި ވިއްކި މައްސަލަ: އެއް ދުވަސް ތެރޭ 3 ގޯއްޗެއް ފުލުހުންނަށް ފާހަގަވެއްޖެ

ގޯތި ވިއްކި މައްސަލަ: އެއް ދުވަސް ތެރޭ 3 ގޯއްޗެއް ފުލުހުންނަށް ފާހަގަވެއްޖެ
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް އެ ސްކީމުން ގޯތި ލިބުނު ކަމަށް ބުނާ މައްސަލައިގެ ތަހުގީގުގައި އެއް ދުވަހުން 3 ގޯއްޗެއްގެ މައްސަލަ ފާހަގަވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. އިއްޔެ ސޯޝަލް މިޑީއާގައި ފެންމަތިވި ގޯތީގެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށައި އެޗްޑީސީއަށް ފުލުހުން ވަނެވެ. ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން ޕްރައިވައިޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އިން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން މިއަދު ސަސްޕެންޑްކޮށްފައިވެ އެވެ. ފުލުހުން ތަހުގީގު ކުރަމުންދާ ބިންވެރިޔާ ސްކީމާގުޅޭ ފޯޖަރީގެ މައްސަލައާ ގުޅޭގޮތުން އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ޕްރެސް ބްރީފިންގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު އެންމެ ފުރަތަމަ ކަމަކަށް ބެލީ ސޯޝަލް މިޑިއާގައި، ގޯތި ނުލިބޭ މީހަކަށް ގޯތި ލިބުނު ކަމަށް ބުނެ ދައުރުވަމުން ދިޔަ ލިޔުމުގެ ސައްހަކަން ކަށަވަރު ކުރުން ކަމަށެވެ. އެކަން ޔަގީންކުރުމަށްޓަކައި ފުލުހުން އެޗްޑީސީއަށް ޒިޔާރަތްކުރި ކުރުމުން އެ ލިޔުމަކީ އެތަނުގައިވެސް އޮތް ލިޔުމެއްކަން ޝަރީފް ވިދާޅުވި އެވެ. އެއް ލިޔުމަކީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށް އުސޫލުން ބޭރުން ދިން ބިމުގައި ވަށާ ފާރު ރޭނުމުގެ ހުއްދައަށް އެދިފައިވާ ލިޔުމެވެ.
"އަޅުގަނޑުމެންނަށް މިހާ ހިސާބަށް މަސައްކަތް ކުރެވުނުއިރުގައި 3 ލޮޓެއް މި ކަހަލަ މައްސަލަތައް ހުރިކަން. ބައެއް ލޮޓްތަކަށް އެއް ފަރާތަކަށްވުރެ ގިނަ ފަރާތުން ލިޔުން ހޯދައިގެން ޕޯޓަލް ތެރެއިން ހުށަހަޅާފައިވާކަން" އޭނާ ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ބެލި ބެލުމުން ފާހަގަވީ އެ 3 ފަރާތަކީވެސް ބޯހިޔާވަހިކަމުގެ އެއްވެސް ސްކީމަކަށް ޝަރުުތު ފުރިހަމަނުވާ އަދި ސްކީމަށް ކުރިމަތިވެސް ނުލާ ފަރާތްތަކެވެ. އެ ލިޔުން ލިބުނު ބައެއް މީހުން ހައުސިންގެ އިސްވެރިންނަށް ބައްދަލުކުރަން މަސައްކަތްކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށް ޝަރީފް ވިދާޅުވި އެވެ. ލިޔުމުގެ ސައްހަކަން ފުލުހުން ދަނީ ބަލަމުންނެވެ. ޝަރުތު ހަމަނުވިޔަސް، މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓްރީގައި ޝަކުވާކުރުމުން ސަރުކާރުގެ އިސްވެރިން ގޯތި ހަަމަޖައްސައިދީފައިވާ ކަމަށް ބުނެ ލިޔުން ދީފައިވާ ކަމަށް ފުލުހުންނަނަށް ބަޔާންދިން ބައެއް މީހުން ބުންޏެވެ.
އެއް ފަރާތަކާއި ސުވާލުކުރުމުން ބުނެފައިވޭ ޝަކުވާ ކުރުމަށްޓަކައި ރަސްމީކޮށް މިދިޔަ ސަރުކާރުގައި އެދުނީމަ އެތަނުގެ އިސްވެރިންނާ ބައްދަލުކޮށްފައި ހުންނާނެ ކަމަށް. އަދި އެ ބައްދަލުވުން ނިންމާފައި، އޭނަ އެ ކުރި ޝަކުވާ ބަލާނެ ކަމަށް ބުނެ... އަދި އޭގެ ފަހުން އެ ފަރާތަށް ގުޅައި ބިން ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ގުޅައިގެން ގޮސް އެ ލިޔުމުގައި ސޮއިކުރި ވާހަކަވެސް އެއް ފަރާތަކުން ބުނެފައި އެބައޮތް
އޭސީޕީ ވިދާޅުވީ އެޕާޓްމެންޓަށް ކުރިމަތިލީ ބައެއް ފަރާތްތަކުންވެސް ބިން ލިބުނު ކަމަށް ލިޔުން ހޯދާފައިވާ ކަމަށާއި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކުރެވެނު މަސައްކަތުން އެނގެނީ އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް