މޫސުން ގޯސްވެގެން ބައެއް ފްލައިޓްތައް ޑިލޭވެއްޖެ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގެ މައި ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ބައެއް ފްލައިޓްތައް ޑިލޭ ވެއްޖެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ފްލައިޓްތައް ފުރުމާއި ޖެއްސުން ލަސްވެފައިވާ ކަމަށެވެ. ފްލައިޓްތައް ޑިލޭވީ 30 މިނިޓަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެ ސަބަބުން އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއެއް އަރާފައި ނުވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
މި ހަބަރު ލިޔުމާ ހަމަޔަށް ފިސް.ކޮމް އިން ދައްކާ ގޮތުން އިނގިރޭސިވިލާތުގެ ލަންޑަނަށް 1:40 ގައި ފުރަން ޝެޑިއުލްކޮށްފައި އޮތް ވާޖިން އެޓްލާންޓިކް އެއާލައިންގެ ވީއެސް-385 އާއި ކަޒަކްސްތާނުގެ ވެރިރަށް އަލްމަތީ އަށް 1:40 ގައި ފުރަން އޮތް ޝެޑިއުލް ކޮށްފައި އޮތް ފްލައިޓް ވަނީ ޑިލޭވެފަ އެވެ. އަލްމަތީ އަށް ފުރާ ކޭސީ-586 14:40 އަށް ޑިލޭވެފައިވެ އެވެ. ހެނދުނުވެސް ބައެއް ފްލައިޓްތައް ޑިލޭވި އެވެ.
ރޭ މެންދަމު 12:30 އިން ފެށިގެން ފަތިހު 5 ޖަހަންދެން ވެހުނު ވާރޭގެ ސަބަބުން މާލޭގެ މަގުތަކުގައި ފެން ބޮޑުވެ, 11 ގެއަކަށް ފެން ވަދެފައިވެ އެވެ.
މެޓް އޮފީހުން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހުނީ މާލެއަށް ކަމަށާއި އެގޮތުން 136.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. 117.4 މިލިމީޓަރުގެ ވާރޭ ހުޅުލެއަށް ވެހިފައިވާއިރު ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ. ދަރަވަންދޫއަށެވެ. އެއީ 111.5 މިލިލީޓަރުގެ ވާރެ އެވެ.
މާލެ ސަރަހައްދު ހިމެނޭހެން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް މިއަދު ހެނދުނު 9 އިން ފެށިގެން މެންދުރުފަހު 3 ޖެހުމުގެ ނިޔަލަށް ވައިޓް އެލާޓް ނެރެފަ އެވެ.
އެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭވެހި, ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި, ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށެވެ.
އޭގެ އިތުރުން ލ އަތޮޅުގެ ފެށިގެން އައްޑޫ ސިޓީއަށް ހެނދުނު 8:30 އިން މެންދުރުފަހު 2:30 އަށް ވައިޓް އެލާޓް ނެރެފައިވަނީ ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ