Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަންނަ އަހަރު އުރީދޫ ފަންރަން ފުވައްމުލަކުގައި

އަންނަ އަހަރު އުރީދޫ ފަންރަން ފުވައްމުލަކުގައި
ކޮންމެ އަހަރަކުވެސް އުރީދޫއިން ކުރިއަށް ގެންދާ "އުރީދޫ ފަންރަން" އަންނަ އަހަރު ފުވައްމުލަކުގައި ބާއްވަން ނިންމައިފި އެވެ. ފަން ރަންގެ ހުޅުމާލެ އެޑިޝަން ނިންމާލުމަށްފަހު، އުރީދޫއިން ވަނީ އަންނަ އަހަރު ރަން ކުރިއަށް ގެންދާނީ ފުވައްމުލަކުގައި ކަން އިއުލާނު ކޮށްފަ އެވެ. އަދި ރެޖިސްޓްރީގެ ތަފްސީލާއި އަޕްޑޭޓް ހޯދުމަށް އެ ކުންފުނީގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ. އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ "ރާއްޖޭގެ އެންމެ އުފާވެރި 5ކޭ" ރަން ގައި 6500 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. ނައިބު ރައީސް ބައިވެރިވެވަޑައިގެން ޝަރަފުވެރިކޮށްދެއްވި ފަން ރަން ހަރަކާތުގައި ހުޅުމާލެ އަކީ ކުލައާއި ފޯމާއި އުފާވެރިކަމުގެ ކާނިވަލަކަށް ބަދަލުވެގެން ދިޔަ އެވެ. ކޮންމެ ކިލޯމީޓަރެއް ނިމޭ ހިސާބުގައި މަޖާ ހަރަކާތަކާއެކު ފޯމް ސްޓޭޝަންތަކާއި ކުލަ އާއޮ ދިއުމާއި އުފާވެރި އޮބްސްޓެކަލް ޗެލެންޖުތަކާ އެކު ފުރިހަމަކޮށްފައިވާ އެ މަޖާ ދުވުމުގައި ހުރިހާ އުމުރެއްގެ މީހުން ވެސް ބައިވެރިވި އެވެ.
"މުޖުތަމައުގެ ފަރާތުން މިހާ ބޮޑު ބައިވެރިވުމަކާއި ހިތްވަރެއް ފެނުމުން ވަރަށް އުފާވޭ. ފަން ރަން އަކީ ހަމައެކަނި ދުވުމަކަށް ވުރެ މާ ބޮޑު ދުވުމެކެވެ. މިއީ އުފާވެރިކަމާއި އެކުވެރިކަމާއި ހަރަކާތްތެރި ދިރިއުޅުމުގެ އުފަލެއް،" އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އުރީދޫއިން އިންތިޒާމްކޮށް ކުރިއަށް ގެންދިޔަ ހަރަކާތުން ދައްކުވައިދެނީ ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނެވުމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކަށާއި ފަރުދުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ވަގުތުތަކެއް އުފެއްދުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތްތަކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް