ބުރަފަތީގައި ޖެހި މަރުވި ކުއްޖާގެ މަރުގެ މައްސަލަ ރާއްޖޭން ނުބަލާ ކަމަށް ބުނެ އާއިލާގެ ތުހުމަތުތަކެއް

ރާއްޖޭގައި ދިރާސާއެއް ހަދަން އައިސް މޫދަށް ފުންމާލި ބްރިޓިޝް-ސިންގަޕޫރުގެ 15 އަހަރުގެ އަންހެން ކުއްޖަކު ދޯންޏެއްގެ ބުރަފަތީގައި ޖެހި މަރުވި ހާދިސާ ރާއްޖެއިން ނުބަލާ ކަމަށް ބުނެ އާއިލާއިން ދިވެހި ފުލުހުންނަށް ތުހުމަތުތަކެއް ކޮށްފި އެވެ.
ވޭލް ޝާކްގެ ދިރާސާއެއް ހެދުމަށް ސްކޫލު ދަރިވަރުންތަކަކާއެކު ރާއްޖެ އައިސް އުޅެނިކޮށް ޖެނާ ޗެން މަރުވީ މިދިޔަ މަހުގެ 8 ވަނަ ދުވަހު އެވެ. ސިންގަޕޫރުގެ ސެއިންޓް ޖޯސެފް އިންޓަނޭޝަނަލް އިންސްޓިޓިއުޓްގައި ކިޔަވަމުން ދިޔަ ޖެނާ މަރުވީ އދ. ދިގުރަށް ކައިރީގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ޖެނާގެ މަންމަ އާއި ބައްޕަ ސިންގަޕޫރުގެ ނޫހަކަށް ދިން އިންޓަވިއުއެއް ގައި ބުނީ އެ ކުއްޖާ މަރުވި މައްސަލައިގެ ތަހުގީގު އެކަށީގެންވާ ގޮތަށް ދިވެހި ފުލުހުން ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ. ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓު މޯޓަމް ހަދަންވެސް ފުލުހުން ހުށަހަޅާފައިނުވާ ކަމަށް އާއިލާއިން ބުންޏެވެ.
<strong>"އެ ހާދިސާ ހިނގިއިރު ޖެނާއާއެކު ތިބި ޓީޗަރުންނާއި ދަރިވަރުންގެ ބަޔާނެއްވެސް ފުލުހުން ނުނަގާ"</strong> ޖެނާގެ މަންމަ އާއި ބައްޕަ ސިންގަޕޫރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އެހެންވެ ދަރިފުޅުގެ މަރުގެ "ހަގީގީ ތަހުގީގެއް" ފުލުހުންނަށް ހިންގާފައިނުވާ ކަމަށް އާއިލާއިން ބުންޏެވެ.
ޖެނާގެ މަރުގެ ހަގީގަތް ހޯދުމަށް ގާނޫނީ އެހީތެރިކަމަށް ބޭނުންވާ ފަައިސާ ހޯދަން 'ގޯފަންޑްމީ' ވެބްސައިޓުގައި އާއިލާއިން ޕޭޖެއް ހަދާފައިވާއިރު މިހާތަނަށް 4,600 ބްރިޓިޝް ޕައުންޑު ވަނީ އެއްކޮށްފަ އެވެ.
[caption id="attachment_259943" align="alignnone" width="607"]<img class="wp-image-259943" src="https://cdn.dhen.mv/wp-content/uploads/2024/12/IMG_20241222_125557.jpg" alt="" width="607" height="404" /> ޖެނާ ޗެންގެ އާއިލާ: އާއިލާއިން ތުހުމަތުކުރަނީ ޖެނާ މަރުވި މައްސަލަ ރާއްޖޭން ނުބަލާ ކަމަށް[/caption]
"އަހަރެންގެ ކޮއްކޮ، އިނގިރޭސި-ސިންގަޕޫރުގެ އުމުރުން 15 އަހަރުގެ ޖެނާ ޗެން މަރުވީ ސްކޫލް ދަތުރެއްގައި ރާއްޖެ ގޮސް އުޅެނިކޮށް ބުރަފައްޗެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި" ފަންޑްރައިޒަރުގެ ކެޕްޝަންގައި ޖެނާގެ ދައްތަ އެލީސް ލިޔެފައިވެ އެވެ.
<strong>"ދިވެހި ސަރުކާރު މި މައްސަލާގައި ހިމޭނުން ތިބެނީ، އެ މަރާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބޭ" </strong>
އިނގިރޭސިވިލާތުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ ނޫހުގައި ބުނީ، އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.
އާއިލާއިން ކުރާ ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.







ކޮމެންޓް