Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި

ފެނަކަ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި

ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒު މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެމްޑީކަމުން އިސްތިއުފާ ދެއްވިކަން ރައީސް ޑރ މުހައްމަދު މުއިއްޒަށާއި، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އަށް އަންގަވައި ފޮނުއްވި ސިޓީ ގައި މުއާޒު ވިދާޅުވީ އެ މަގާމަށް އައްޔަންކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެ ކުންފުނީގައި މަސައްކަތްކޮށްފައިވާނީ އިހްލާސްތެރިކަމާއެކު ކަމަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި ކުންފުނި ހިންގުމުގައި ދިމާވި ތަފާތު ގިނަ ގޮންޖެހުންތަކާއެކުވެސް ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރި މަސައްކަތުން އެދެވޭ ނަތީޖާ ހާސިލް ކުރެވިފައިވާކަން މުއާޒު ފާހަގަކުރެއްވި އެވެ.

Advertisement
Allied Insurance — Square (box)

އެ ކުންފުންޏާ ހަވާލުވިއިރު މާލީ ހާލަތު އޮތް ގޮތަށް އަލިއަޅުވާލައްވަމުން މުއާޒު ވިދާޅުވީ އަހަރެއްގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް, ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު މި އަހަރު އޮކްޓޫބަރުގެ ނިޔަލަށް 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުތަކުން ސަލާމަތް ކުރެވިފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭ އެފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށްވެސް މަހުރޫމްވާން ޖެހުން އެއީ އޭގެ ސަބަބުން ފެނަކައަށާއި ރައީސް މުއިއްޒަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.

އެ މަގާމުން އިސްތިއުފާދެއްވާ ސަބަބެއްގެ ގޮތުގައި މުއާޒު ފާހަގަކުރެއްްވީި ސަބަބަކީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ އެމްޑީގެ މަގާމުގައި ހުރެ, އިތުރަށް އެކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް