Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ނޭޕާލް ޒުވާނާއަށް ޖިންސީ އަނިޔާއެއް ލިބިފައެއް ނުވޭ: ފުލުހުން

ނޭޕާލް ޒުވާނާއަށް ޖިންސީ އަނިޔާއެއް ލިބިފައެއް ނުވޭ: ފުލުހުން

އައިޖީއެމްއެޗް އީއާރަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މަރުވި ނޭޕާލް އަންހެން މީހަކަށް ޖިންސީ އަނިޔާ ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.

ނޭޕަލް އަންހެނަކު މޯޗަރީގައި އޮންނަތަ ގިނަ ދުވަސްތަކެއްވެއްޖެ ކަމަށާއި އެ މަރުގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ސުވާލުކުރުމުން، އެ ސުވާލަށް ޖަވާބުދެމުން ފުލުހުން ބުނީ، އައިޖީއެމްއެޗް އީއާރަށް ގެންދިޔަ ނޭޕާލް ޒުވާނާ، ކަންޗަން ދޫގެލް (25 އ) މަރުވެފައިވާ މައްސަލައެއް މިދިޔަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ އެވެ. އަދި ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ހަބަރު ހުސްވެފައިވާކަން ތަހުގީގުގެ ހޯދުންތަކުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied — Dhen Online (box)

މެޑިކޯ ލީގަލް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނީ، ކަންޗަން މަރުވި ސަބަބު މިހާތަނަށް ނޭނގޭ ކަމަށެވެ. އެ ރިޕޯޓްގައި މަރުވި ސަބަބު ވަނީ "އަންނޯން" ކަމަށް ބަޔާން ކޮށްފަ އެވެ. އަދި އެ ރިޕޯޓްގައި ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކޮށްފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ކަންޗަން އަކީ ލޭގައި ހުންނަ މާއްދާއެއް ކަމަށްވާ ރޭޑް ބްލަޑް ސެލްސް މަދުވެ، އޮކްސިޖަން ލިބުމަށް ދަތިވާ ބައްޔެއް ކަމަށްވާ 'އުނީމިއާ' ގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

އިތުރަށް ފުލުހުން ބުނީ، އެ ޒުވާނާގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވަނީ ފުލުހުންގެ ހަވާލުގައި ކަމަށެވެ. މޯޗަރީ ގައި ހަށިގަނޑާ ސްޕޮންސާގެ ފަރާތުން ހަވާލުވެފައި ނުވާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް