Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފަނޑިޔާރު ގަބޫލުނުކުރާ ކަމަށް ބުނެ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މީހަކު ޖަލަށް

ފަނޑިޔާރު ގަބޫލުނުކުރާ ކަމަށް ބުނެ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މީހަކު ޖަލަށް

ކޯޓުގެ ފަނޑިޔާރު ގަބޫލުނުކުރާ ކަމަށް ބުނެ ހަޑިހުތުރު ބަހުން ވާހަކަ ދެއްކި މީހަކު 2 މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު އާއްމުކުރި ބަންދު އަމުރުން އެނގޭ ގޮތުން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނު މައްސަލައެއްގެ ތުހުމަތައް ހައްޔަރުކުރި މީހަކު ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރި އެވެ. އެއީ ގ.ސެމިޓޯން/ އިބްރާހިމް ޝަރީފް (40އ) އެވެ.

ކޯޓުގައި ޝަރީފް އަށް އޭނާ އަކީ ކާކުކަން ބުނެދޭން އެންގުމުން ކާކުކަން ބުނެދީފައިނުވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.

Advertisement
Allied Insurance — Square (box)

<strong>އަދި ޝަރީއަތުގެ މަޖިލީހުގައި އިންނެވި ފަނޑިޔާރަކީ މީނާ ގަބޫލުކުރާ ފަރާތެއް ނޫންކަމަށް ބުނެ ވާހަކަ ދައްކައ،ި އެފަދައިން އަމަލުނުކުރުމަށް ތަކުރާރުކޮށް ޝަރީއަތުން ނަސޭހަތްތެރިވެފައިވޭ"</strong> ކޯޓު އަމުރުގައި ބުންޏެވެ.

ނަސޭހަތްތެރިވުމުންވެސް އެކަން ތަކުރާރުކޮށްފައިވާތ،ީ ޝަރީއަތުގެ ނިޒާމާއި ހިލާފުވި ކަމަށް ކަނޑައަޅައ،ި ކޯޓުތަކުގެ ގާނޫނުގެ ދަށުން އޭނާ އެއް މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރި އެވެ.

އޭގެ އިތުރަށް ތުހުމަތުތަކާއި ގުޅިގެން ޖަވާބުދާރީވާން ދިން ފުރުސަތުގައި ތުހުމަތާއި ގުޅިގެން ވާހަކަ ނުދައްކާ ކުރިން ދެއްކި ވާހަކަތައް ތަކުރާރުކޮށ،ް ހަޑިހުތުރު ބަހުން މުޢާމަލާތުކޮށްފައިވާތ،ީ ޝަރީއަތުގެ ނިޒާމާއި ހިލާފުވި ކަމަށް ކަނޑައަޅައި، އިތުރު އެއް މަސް ދުވަހަށް އޭނާ ޖަލަށްލުމަށް ގާޒީ އައިޝަތު ނުޒުހާ ހުކުމްކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް