Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން އެއް ލައްކަ ރުފިޔާގެ ޑްރަގްސް

ރާއްޖެ އައި އިންޑިއާ މީހެއްގެ ލަގެޖުން އެއް ލައްކަ ރުފިޔާގެ ޑްރަގްސް

ވައިގެ މަގުން ރާއްޖެއަށް ލައްކައެއްހާ ރުފިޔާގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ފިރިހެނަކު ހައްޔަރުކޮށްފި އެެވެ.

މޯލްޑިވްސް ކަސްޓަމްސް އިން މިއަދު 'އެކްސް' ގައި ކުރި ޕޯސްޓެއްްގައި ބުނީ މި މަހުގެ 13 ވަނަ ދުވަހު ރާއްޖެެއައި 31 އަހަރުގެ އެ މީހާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން ބަލާފަސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުނު ކަމަށެވެ.

ކަސްޓަމްސްއިން ބުނީ  އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް  ޕޮޒިޓިވްވި ކަމަށެވެ.

Advertisement
HDC — Sidebar (box)

<strong>"މި ތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 235 ގުރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގަކީ 100,000.00 (އެއް ލައްކަ) ދިވެހި ރުފިޔާކަމަށް ލަފާކުރެވެއެވެ."</strong> ކަސްޓަމްސްއިން ނެެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ފަސިންޖަރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދިނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް