Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ފަޒުލް ހިމެނޭހެން ބިންވެރިޔާ މައްސަލައިގައި ހިމެނޭ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފި

ފަޒުލް ހިމެނޭހެން ބިންވެރިޔާ މައްސަލައިގައި ހިމެނޭ އެންމެންގެ އިލެކްޓްރޯނިކް ސާމާނު ހިފަހައްޓައިފި

ފުލުހުން ތަހުގީގުކުރަމުންދާ ބިންވެރިޔާ ހައުސިން ސްކީމާ ގުޅިގެން އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ހިމެނޭހެން  ގިނަ ބައެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ހިފަހައްޓައިފި އެވެ.

"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ އާ ގުޅިގެން  ފަޒުލް ރަޝީދާއި އޭނާގެ ބޭބެ އަދި މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

ފުލުހުން މިރޭ ބުނީ  އެ 20 މީހުންގެ އިލެކްޓްރޯނިކް އައިޓަމްސް ހިފަހައްޓާފައި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެ މައްސަލަ ރަނގަޅަށް ތަހުގީގުކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ބުނެ ފަޒުލް އިސްތިއުފާ ދެއްވި އިރު ފުލުހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އޭނާގެ މައްޗަށް އަދި ތުހުމަތުތަކެއް ނުކުރެވޭ ކަމަށެވެ.

އެ މައްސަލައިގައި ފަޒުލްއަށް ގިނަ ބަޔަކު ތުހުމަތުތަކެއް ކުރަނީ އޭނާގެ ބޭބެ ފަޒީލްއަށް ގޯތި ނުލިބެނީސް ގޯތި ލިބުނު ކަމުގެ ލިޔުން ހުށަހެޅުމުން ނެވެ.

ނަމަވެސް ފަޒުލް ބުނީ އެކަމުގައި އޭނާގެ ދައުރެއް ނެތް ކަމަށެވެ.

އެ މައްސަލަ މިހާރު އޭސީސީ އާއި ފުލުހުންވެސް ދަނީ ތަހުގީގުކުރަމުންނެވެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް