Sunday, 1 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެފްއެސްއެމްގެ ތެލުގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

އެފްއެސްއެމްގެ ތެލުގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރެއް ނުކުރޭ

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އޭގެން ލިބޭ ފައިސާ ލޯންޑަކުރަމުންދާ ކަމަށް ޝައްކު ކުރެވޭ މައްސަލައިގައި އަދިވެސް މީހަކު ހައްޔަނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

މި މަހުގެ އެއް ވަނަ ދުވަހު ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވަނީ އެ މައްސަލައިގައި ފުލުހުންގެ ހާއްސަ ޓީމުތަކުން 10 މީހުންނާއި ތެޔޮ އުފުލާ 2 ބާޖު ބަލައި ފާސްކުރި ކަމަށެވެ.

އަދި އެ މައްސަލައާ ގުޅުންހުރި އިލެކްޓްރޯނިކް ސާމާނާއި ލިޔުންތައް ހޯދައި މައްސަލަ ބަލަން ފަށާފައިވާ ކަމަށް އޭރު ވިދާޅުވި އެވެ.

Advertisement
Allied — Dhen Online (box)

އިހުސާން ވިދާޅުވީ އެފަދަ މައްސަލަތައް ހޯދާ ފުރިހަމައަށް އަވަހަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.

އެ މައްސަލައިގައި އެފްއެސްއެމްގެ 40 އަށް ވުރެ ގިނަ މުވައްޒަފުން މަގާމުން ވަކިކުރިއިރު، ފުލުހުން އެ މައްސަލަ ބަލާކަން ހާމަކުރުމުގެ ހަތަރު ދުވަސް ކުރިން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އިސްމާއިލް ސުހައިލް އިސްތިއުފާ ދެއްވި އެވެ.

ސުހައިލްގެ މައްސަލަތަކެއް އެސްޓީއޯއިން ބަލަމުން ދަނިކޮށް އޭނާ އިސްތިއުފާ ދެއްވި ނަމަވެސް ތެލުގެ މައްސަލައާ ސުހައިލްއާ ގުޅުމެއް އޮތް ކަމެއް ސާފެއް ނުވެ އެވެ.

އެ މައްސަލައިގެ ފަހުގެ މައުލޫމާތެއް ފަހުން ފުލުހުން ހާމަކޮށްފައިނުވާއިރު، މި މަހުގެ 12 ވަނަ ދުވަހު އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުން ވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް