Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އޮފީހަކުން ދެ ލައްކަ ރުފިޔާގެ ތަކެތި ނެގި މައްސަލައެއް، ފިންގަޕްރިންޓް ހޯދީ ފާހާނާ ޓައިލްސްއިން

އޮފީހަކުން ދެ ލައްކަ ރުފިޔާގެ ތަކެތި ނެގި މައްސަލައެއް، ފިންގަޕްރިންޓް ހޯދީ ފާހާނާ ޓައިލްސްއިން

އަމިއްލަ އޮފީހަކުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ލ. މާވަށް، ވައިފިނިގޭ، އަބްދުﷲ އަފީފް (43އ) އެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހުއްދަ ނެތި ތަނަކަށް ވަނުމާއި ވައްކަން ކުރުމުގެ ތުހުމަތެވެ.

Advertisement
Ooredoo — Truecaller (box)

އަމުރުގައި ބުނީ އޭނާ ވައްކަންކުރަން އެ އޮފީހަށް ވަނުމަށް ކަޅުހުރާ މިސްކިތް ކައިރިން ދާތަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާ އަދި އެ އޮފީހުގެ ފާހާނާގެ ޓައިލްސްއިން އޭނާގެ ފިންގަޕްރިންޓް ފެނުނު ކަމަށެވެ.

އެހެންވެ ވައްކަމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބެލެވޭ ކަމަށް ބުނެފައިވެ އެވެ.

އަފީފަކީ ބަންދާއި ހައްޔަރުގެ ގިނަ ރެކޯޑުތަކެއް އޮތް މީހެއް ކަމަށް ވެސް ބަންދު އަމުރުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އޭނާ 15 ދުވަސް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

ބަންދު އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުން ދައުލަތުގެ ވަކީލަކު ބޭނުންވާ ކަމަށް އޭނާ ފުރަތަމަ ބުނި ނަމަވެސް ފޯމު ފުރަން ދިނުމުން ފޯމު ފުރާފައި ނުވާ ކަމަށެވެ.

ވައްކަމުގެ މައްސަލަތައް މާލޭގައި އިތުރުވެފައިވާއިރު، އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކުރީ ސަރުކާރުގެ ފަހު ދުވަސްކޮޅު ގިނަ އަދަދެއްގެ ކުށްވެރިން ޖަލުން ދޫކޮށްލާފައިވުން ކަމުގައި މި ސަރުކާރުން ވަނީ ބުނެފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް