Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވެރިކަން ވައްޓާލަން އިންޑިއާއިން މަސައްކަތެއް ނުކުރާނެ: ނަޝީދު

ވެރިކަން ވައްޓާލަން އިންޑިއާއިން މަސައްކަތެއް ނުކުރާނެ: ނަޝީދު

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އިންޑިއާއިން މަސައްކަތް ނުކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޖާސޫސީ އިދާާރާ "ރޯ"ގެ އެޖެންޓުން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރިކަމަށް އެެމެރިކާގެ މަޝްހޫރު ނޫސް، ވޮޝިންޓަން ޕޯސްޓް"ގައި މިއަދު ވަނީ ބޮޑު ރިޕޯޓެއް ޝާއިއުކޮށްފަ އެވެ.

އެ ރިޕޯޓަށް އިޝާރާތް ކުރައްވައި ނަޝީދު މިރޭ އެކްސްގައި ވިދާޅުވީ އެ ރިޕޯޓް ކިޔުއްވީ ޝައުގުވެރިކަމާއެކު ކަމަށެވެ. އެހެން ނަމަވެސް އެ ރިޕޯޓުގައި ގެނެސްދީފައި ހުރި ވާހަކަތަކާ މެދު ނަޝީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ.

Advertisement
Ooredoo — Truecaller (box)

"އަޅުގަނޑަކަށް އިންޑިއާގެ ޕްލޭންއާ ގުޅޭ މައުލޫމާތު ލިބިފައެއް ނެތް. އެހެން ނަމަވެސް ބައެއް ފަރާތްތަކަކީ ހަމަ އަބަދުވެސް ކޮންސްޕިރަސީސްތައް ގަބޫލުކުރާ ބައެއް." ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ޑިމޮކްރަސީއަށް ތާއިދުކުރާ ގައުމެއް ކަމަށާއި އަދި ދުވަހަކުވެސް ރާއްޖޭގެ ވެރިކަން ވައްޓާލަން އެ ގައުމުން ތާއިދުނުކުރާނެ ކަމަށެވެ.

"އިންޑިއާއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ވެސް މަޖުބޫރުކޮށްފައެއް ނެތް" އިންޑިއާއާާ އަބަދުވެސް ވަރަށް ގާތް ގުޅުމެއް ބާއްވަވަމުން ގެންދަވާ އެމަނިކުފާނު ވިދާޅުވި އެވެ.

https://twitter.com/MohamedNasheed/status/1873744624009048217

ވޮޝިންގްޓަން ޕޯސްޓުގައިވާ ގޮތުން އިންޑިއާގެ ޖާސޫސުންނާއި ރާއްޖޭގެ އިދިކޮޅު ފަރާތްތަކާއެކު އެކުލަވާލި ޕްލޭންގެ ދަށުންް ސް މުއިއްޒު މަގާމުން ދުރުކުރަން އެކި ފަރާތްތަކަށް ޖުމްލަ 87 މިލިއަން ރުފިޔާ ރިޝްވަތު ދިނުމަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ މެމްބަރުން ހިމެނޭ ގޮތަށް މަޖިލީހުގެ 40 މެމްބަރުންނާއި ސިފައިންގެ 10 މީހަކަށާއި އަދި ވަރުގަދަ ތިން ގޭންގެއް ހިމެނެ އެވެ.

ސިއްރު ބައްދަލުވުންތަކެއް ބާއްވާތާ މަސްތަކެއްވި އިރު ވެސް މުއިއްޒު މަގާމުން ދުުރުނުކުރެވުމުން އިންޑިއާއިން އެ މަސައްކަތް ހުއްޓާލި ކަމަށް ވޮޝިންގްޓަން ޕޯސްޓުން ބުނެފައިވެެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް