Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އާ އަހަރަށް މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ގަދަ ވިއްސާރަ

އާ އަހަރަށް މޫސުން ގޯސް، ބޮޑު ސަރަހައްދަކަށް ގަދަ ވިއްސާރަ
މި ފެށޭ އާ އަހަރުގެ ފުރަތަމަ ފަސް ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ލަފާކޮށްފި އެވެ. މިއަދު ނެރުނު ބަޔާނެއްގައި މެޓް އޮފީހުން ބުނީ އާ އަހަރުގެ ބަންދު ތެރޭގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ސްރީ ލަންކާގެ އިރުދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާ އަދި ކޮޅިގަނޑާ ގުޅިފައިވާ ލޯޕްރެޝާ ޓްރަފުގެ ސަބަބުން ކަމަށެވެ.
".. ޓްރަފުގެ ސަބަބުން އާ އަހަރުގެ ބަންދު ތެރޭގައި (2025 ޖަނަވަރީ 1 އިން 5 ށް) ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ އަދި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވެ އެވެ،"
މެޓް އޮފީހުން ބުނީ ވައި ޖެހޭނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް، އުތުރާއި އިރު އުތުރުން، ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ނިމުތު ކުރެވޭ ކަމަށެވެ. https://twitter.com/MetMaldives/status/1873954627592609885 ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރިއިރު، މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށް ހއ. އަތޮޅުން ކ. އަތޮޅަށް ވަނީ ހުދު ސަމާލު ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރާނެ ކަމަށާ އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން އެ އިދާރާއިން ނެރެމުންދާ އެންމެފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް އިސްކަންދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް