Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިކޮނޮމިކް މިނިސްޓްރީއަށް ޕޮލިސީ އެންޑް އިކޮނޮމިކް ރިސާޗް ކޮންސަލްޓެންޓެއް ހޯދަނީ

އިކޮނޮމިކް މިނިސްޓްރީއަށް ޕޮލިސީ އެންޑް އިކޮނޮމިކް ރިސާޗް ކޮންސަލްޓެންޓެއް ހޯދަނީ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓްރީއަށް ޕޮލިސީ އެންޑް އިކޮނޮމިކް ރިސާޗް ކޮންސަލްޓެންޓެއް ހޯދުމަށް އިއުލާނުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮންސަލްޓެންޓެއް ހޯދަނީ އިގުތިސޯދީ ދިރާސާތައް ހެދުމާއި ސިޔާސަތުތައް އެކުލަވާލުމުގައި ލަފާދިނުމާ އަދި މިނިސްޓްރީގެ ވިޔަފާރި އާއި އިންވެސްޓްމަންޓާއި އިގުތިސޯދީ ތަރައްގީގެ މެންޑޭޓް ފުޅާކޮށް، ރަނގަޅަށް ހިންގުމާއި ހިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ.

ވަޒީފާއަށް އެދޭ ފަރާތަކީ އިކޮނޮމިކްސް، ފައިނޭންސް، އެކައުންޓިން، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެ ފެންވަރުގެ އެމްކިޔުއޭ ކޮލިފިކޭޝަނެއް ހާސިލުކޮށްފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ވިޔަފާރި އާއި އިގުތިސޯދީ ތަރައްގީގެ ދާއިރާއިން އިލްމާއި ތަޖުރިބާ ލިބިފައިވުމުގެ އިތުރުން ޕޮލިސީ އެނަލިޓިކަލް މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާން ވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި ފެށޭ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ކަމާ ގުޅުންހުރި ލިޔެކިޔުންތަކާ އެކު އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ސެކްޝަނަށް އެޑްރެސްކޮށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.

ކޮންސަލްޓެންޓުގެ މަގާމަށް މީހަކު ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނަމަވެސް މުއްދަތު އިތުރުކުރެވިދާނެ ކަމަށް އިއުލާނުގައިވެ އެވެ. ހުރިހާ އިނާޔަތްތަކެއް ހިމަނައިގެން މުސާރައިގެ ގޮތުގައި 32،840 ރުފިޔާ ލިބޭނެ އެވެ.

އެޕްލިކޭޝަން މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ އެވެ.

އިތުރު މައުލޫމާތު އެ އީމެއިލުން ނުވަތަ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް މިނިސްޓްރީގެ ނަންބަރު 3323668 އަށް ގުޅުމުން ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ޕޮލިސީ އެންޑް އިކޮނޮމިކް ރިސާޗް ކޮންސަލްޓެންޓުގެ މަގާމާ ގުޅޭ 'ޓާމްސް އޮފް ރިފަރެންސް' އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް <a href="https://www.gazette.gov.mv/iulaan/321778">އިއުލާނު</a>ގައިވެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް