Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިޒޭރިއަން ހެދުމުގެ ތެރޭގައި އަންހެނެއްގެ ގޮހޮރު ފަޅައިގެން ދިޔަ މައްސަލަ ބަލަނީ

ސިޒޭރިއަން ހެދުމުގެ ތެރޭގައި އަންހެނެއްގެ ގޮހޮރު ފަޅައިގެން ދިޔަ މައްސަލަ ބަލަނީ

ސިޒޭރިއަން ހެދުމުގެ ތެރޭގައި އަންހެނެއްގެ ގޮހޮރު ފަޅައިގެން ދިޔަ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ފަށައިފިއެވެ.

މި މައްސަލަ އެ ކޮމިޓީއަށް ހުށަހަޅުއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އަޢްޑޫ އިކިއުޓޯރިއަލް ހޮސްޕިޓަލުގައި މާބަނޑު މީހެއްގެ ސިޒޭރިއަން ހަދައިގެން ދަރިފުޅު ނެގިއިރު، އެ މީހާގެ ގޮހޮރު ފަޅައިގެން ގޮސްފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށާއި އެފަދައިން ކަންތައް ވުމުން، އެ މައުލޫމާތު ވެސް އާއިލާއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.

"އައިސީޔޫއަށް ވެސް ވައްދައިފައި، އެ ތަނުގައި ވެސް ކުރި ނުކުރި ކަމެއް އާއިލާއަށް އަންގައިފައެއް ނުވޭ. އެންމެ ފަހުން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ގޮހޮރު ފަޅައިގެން ގޮސްފައި އޮތްކަން އެނގުނީ" ރޮޒެއިނާ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މި ހާދިސާގައި ގޮހޮރު ފަޅައިގެން ދިޔަ އަންހެންމީހާގެ ހާލު އަދިވެސް ރަނގަޅު ނޫންކަން ފާހަގަ ކުރައްވައި، ރޮޒައިނާ ވަނީ މިކަން ހިނގައިދިޔަ ގޮތް ބަލައި ދިނުމަށާއި މިކަމުގައި ހޮސްޕިޓަލުގެ އިހުމާލެއްވާ ނަމަ، ފިޔަވަޅު އެޅޭނެ އިންތިޒާމު ވެސް ހަމަޖައްސަވައި ދެއްވުމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް