ނިލަންދޫ ފަރަށް އެފްއެސްއެމްގެ ތެޔޮ ބޯޓެއް އަރައިފި

ގއ. ނިލަންދޫ ފަރަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބޯޓެއް އަރައިފި އެވެ.
"ދެން" އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ނާސިހު އިބްރާހިމް ވިދާޅުވީ އެ ބޯޓު ނިލަންދޫ ފަރަށް އެރީ މިއަދު ހެނދުނު ކަމަށާއި އެކަން ކައުންސިލަށް އެނގީ އާންމު ފަރާތަކުން ކަމަށެވެ.
ނާސިހު ވިދާޅުވީ އެ ބޯޓު ފުންކުރުމަށް އެފްއެސްއެމްގެ އެހެން ބޯޓެއް އަންނަ ކަމަށް ބޯޓުން މައުލޫމާތު ދޭ ކަމަށެވެ. އަދި އިތުރު ބައެއްގެ އެހީތެރިކަން ބޭނުން ނުވާ ކަމަށް ބޯޓުން ބުނެފައިވާކަން ފާހަގަކުރެއްވި އެވެ.
އެ ބޯޓަށް ގެއްލުންވެ, ތެޔޮ ލީކުވުމެއް އުޅޭކަން ފާހަގަވެފައި ނުވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ވިދާޅުވީ އެ ބޯޓުގައި ހުރީ ކިހާ އަދަދެއްގެ ތެލެއްކަން އެނގިފައި ނުވާ ކަމަށެވެ.