ޚަބަރު

ބޮޑު ބޯޓުގެ ދަތުރުތައް މި މަހު 22 ގައި ފަށަނީ

. ، ދެން އޮންލައިން
މޯލްޑިވިއަންގެ މަތިންދާބޯޓެއް

ގައުމީ އެއާލައިން, މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް- ބޮޑީ މަތިންދާބޯޓު (އެއާބަސް އޭ-330) ގެ އޮޕަރޭޝަންތައް މި މަހުގެ 22 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ ކަމަށް އައިލެންޑް އޭވިއޭޝަނުން މިއަދު އިއުލާންކޮށްފި އެވެ.

Ads by STELCO

264 މީހުންގެ ޖާގައިގެ މަތިންދާބޯޓު މާދަމާ ރާއްޖެ ގެންނައިރު ބޯޓު ދައްކާލުމަށް މާލޭގެ އުސްފަސްގަނޑު ސަރަހައްދާއި ހުޅުމާލޭގެ ފޭސް އެކެއް އަދި ފޭސް ދޭއް ހިމެނޭ ސަރަހައްދުގައި އެއާ ޝޯ އެއް ބާއްވަން މޯލްޑިވިއަނުން ނިންމާފައިވެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ޖެނެރަލް މެނޭޖާ، ކޮލިޓީ އަބްދުލްހާދީ އަބޫބަކުރު ވިދާޅުވީ ބޯޓުގެ ރެޖިސްޓްރޭޝަން ނިމި، މިހާރު ކުރިއަށްދަނީ ބޯޓު ރާއްޖެ ގެނައުމަށް ފަހު ނަގަން ޖެހޭ އިތުރު ހުއްދަތައް ނެގުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ސިވިލް އޭވިއޭޝަނުން ނަގަން ޖެހޭ ހުއްދަތަކުގެ 90 އިންސައްތަ ހުއްދަތައް ނަގައި ނިމިފައވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"... 22 ޖެނުއަރީގައި އޮޕަރޭޝަން ފަށާއިރުގައި އަޅުގަނޑުމެން ދެން ބާކީ ހުއްދައިގެ އަޅުގަނޑުމެންނަށް ލިބިގެންދާނެ" ހާދީ ވިދާޅުވި އެވެ. ބޯޓުގެ ފުރަތަމަ ދަތުރު ކުރަން ހަމަޖެހިފައިވަނީ ކޮން މަންޒިލަކަށް ކަމެއް  ހާމަކޮށްފައި ނުވި ނަމަވެސް، އާ ބޯޓުން ޗައިނާގެ 3 ސިޓީއެއްގެ އިތުރުން ޔޫރަޕަށް ދަތުރުތައް ކުރަން ހަމަޖެހިފައިވާކަން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ބޮޑު ބޯޓަށް ބޭނުންވާ މުވައްޒަފުން ވަޒީފާ އަށް މިހާރު ވަނީ ނަގާފަ އެވެ. އޭގެ ތެރޭގައި އޭ-330 ގެ ކެޕްޓަން ޓްރެއިނީއަކާއި އެ ރޭޓިންގެ 2 ކެޕްޓަނުންނާއި 2 ފަސްޓް އޮފިސަރުން ހިމެނޭ އެވެ. ކެބިން ކްރޫއިންގެ ގޮތުގައި 14 މުވައްޒަފުން ނެގިއިރު، ޗައިނާ ބަހުން ވާހަކަ ދައްކާ 8 ކެބިން ކްރޫއިން ހިމެނޭ އެވެ. އޭގެ އިތުރުން 2 އިންޖިނިއަރުންވެސް ނެގި އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި 24 ބޯޓު އޮތްއިރު އޭގެ ތެރޭގައި ހިމެނެނީ އެއާބަސް އޭ-320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ 6 ބޯޓެއްގެ އިތުރުން ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ.

Ads by HDC