Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ކޯހެއް އިލްމު އިންސްޓިޓިއުޓުން ފަށަނީ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ކޯހެއް އިލްމު އިންސްޓިޓިއުޓުން ފަށަނީ

ޒަކާތު އިލްމުގެ ދާއިރާއިން ރާއްޖޭގައި ފަށާ ފުރަތަމަ ކޯސް އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީޒްއިން ފަށަން ތައްޔާރު ވެއްޖެ އެވެ.

އިލްމު އިންސްޓިޓިއުޓުން ކުރިއަށް ގެންދާ ޑިޕްލޮމާއިން ޒަކާތު މެނޭޖްމަންޓް ސައިންސް ކޯހަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ވަނީ ހުއްދަ ދީފަ އެވެ.

ދިވެހި ބަހުން ކިޔަވައިދޭ، އެއް އަހަރު ދުވަހުގެ މި ޑިޕްލޮމާ ޕްރޮގްރާމުގައި ކިޔަވައިދޭނީ ރާއްޖޭގެ އިލްމީ ބޭފުޅުން ކަމަށް އިލްމު އިންސްޓިޓިއުޓުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

މި ކޯހުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި އަގީދާ އެންޑް އިސްލާމިކް އެތިކްސް އާއި ޒަކާތު ސައިންސްގެ އާންމު އުސޫލުތަކާއި މުދަލު ޒަކާތް ބެހުމުގައި ޝަރުއީ ހުކުމްތަކާއި އެއާ ބެހޭ ދިރާސާތަކާއި ދިވެހި ޒަކާތު ނިޒާމާއި ޒަމާނީ ޒަކާތު މުއައްސަސާތަކުގެ ހިންގުމާއި އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީގައި ޒަކާތުގެ ދައުރު ހިމެނެ އެވެ.

އަދި މުދަލު ޒަކާތް ގުނުމުގެ މައިގަނޑު ކަންތައްތަކާއި އިސްލާމިކް ފައިނޭންސާއި މުދަލު ޒަކާތުގައި ޒަމާނީ ޝަރީއަތުގެ މައްސަލަތަކަށް ވެސް ކޯހުގައި އަލިއަޅުވާލާނެ އެވެ.

އިލްމު އިންސްޓިޓިއުޓުން ބުނީ މި ކޯސް ވާނީ އިސްލާމީ އިގުތިސޯދުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކޯހަކަށް ކަމަށެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ވަރަށް އަވަހަށް އެ އިންސްޓިޓިއުޓުން އިއުލާނު ކުރާނެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް